ads
މިނިސްޓަރު އަމީން އެއާ އެމްބިއުލާންސްގެ ތައްޔާރީތައް ބައްލަވައިލައްވަނީ -- ފޮޓޯ/ މޯލްޑިވިއަން
މާދަމާ އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަނީ
އެއާ އެމްބިއުލާންސްގެ ހިދުމަތް ހުކުރު ދުވަހު ފައްޓަވާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ އުތުރަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ނޭޝަނަލް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ މަތިންދާބޯޓެއް މިހާރު ތައްޔާރު ކޮށްފައިވާ ކަމަށެވެ.

"އޭރުން އޮންނާނީ ފުލްޓައިމްކޮށް މޯލްޑިވިއަން އިން އޮޕަރޭޓްކުރާ އަޅުގަނޑުމެންގެ އަމިއްލަ ބޯޓެއް. ކޮންމެ ތަނަކުން، ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ބަލި މީހުން ކުއްލި ހާލަތުގައި އެއް ތަނުން އަނެއް ތަނަށް ގެންދެވޭނެ ބޯޓެއް،" ރައީސް ވިދާޅުވި އެވެ.

your imageރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިތުރަށް ވިދާޅުވީ މި ދަޢުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ދެފަހަރު ވަޑައިގަތުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން މި އަހަރާއި 2026ވަނަ އަހަރު ރާއްޖޭގެ ކޮންމެ ރަށަކަށް މަދުވެގެން އެއްފަހަރު ވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

"މަސައްކަތްކުރާނީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ޙާލަތު އޮޅުންފިލުވައިގެން. މިއަހަރުގެތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރާނަން. ދެން 2026ވަނަ އަހަރު. މި ދަޢުރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން 2ފަހަރު ދާނަން." ރައީސް ވިދާޅުވި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، އެއާ އެމްބިއުލާންސްގެ ތައްޔާރީތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް އިއްޔެ މިނިސްޓަރު އަމީން ވަޑައިގަތެވެ.

އެ ކުންފުނިން ވަނީ، މިނިސްޓަރު އެ ބޯޓުގެ އެތެރެއާއި ބޭރު ބައްލަވައިލައްވާ ފޮޓޯތައް ހިއްސާކޮށްފަ އެވެ.

your imageމިނިސްޓަރު އަމީން އެއާ އެމްބިއުލާންސްގެ ތައްޔާރީތައް ބައްލަވައިލައްވަނީ -- ފޮޓޯ/ މިނިސްޓަރު މުޙައްމަދު އަމީން، އެކްސް

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖެ އިން ބޭރަށް ބަލި މީހުން ވީހާ ވެސް އަވަހަށް ފޮނުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްރީ ލަންކާ އަށް އެއާ އެމްބިއުލާންސް އޮޕަރޭޓްކުރުމުގެ ހުއްދަ ދެ ގަޑިއިރުން ލިބޭނެ އިންތިޒާމް ވެސް ވަނީ މިދިޔަ މަހު ސަރުކާރުން ހަމަޖައްސައިފަ އެވެ.

ދިވެހިންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އަދި އެ މަނިކުފާނުގެ ވައުދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް