ads
އިންތިހާބުގެ ބިލު ތަސްދީގުނުކޮށް އަނެއްކާވެސް އޭޖީގެ ލަފާ ހޯދަނީ
އިންތިހާބު ފަސްކުރަން ރައްޔިތުން މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކޮށް ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާ ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
Advertisement

ރައީސް މި ގޮތަށް ނިންމެވިކަން ހާމަކުރެއްވީ އެމަނިކުފާނު މިހާރު އުތުރުގެ ބައެއް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ކެނދިކުޅުދޫގައި ވާހަކަދައްކަވަމުންނެވެ. 

ރައީސް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރުން ގުނާ ގޮތަށް މަޖިލީހުންގެނައި ބަދަލު ގާނޫނު އަސާސީއާއި ހިލާފުކަމަށް ސުޕްރީމްކޯޓުން ނިންމުން އެ ބަދަލު ގެނައި ފަހުން މަޖިލީހުން ފާސްކޮށްފައިވާ ކަންކަމާއި ދައުލަތުގެ ބަންޑާރަ ނައިބު އަހްމަދު އުސާމްގެ ގާނޫނީ ލަފައަކަށް އެދިވަޑައިގެންފައިވާނޭކަމަށެވެ. 

މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހަށް ފަސްކުރުމަށް މަޖިލީހުން ފާސްކުރުމުން އެ ބިލް ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލުމުން މަޖލީހުން އިއްޔެވަނީ 47 މެމްބަރުންގެ ތާއީދާއެކު ތަސްދީގުކުރަން ރައީސަށް މަޖުބޫރުވާ ގޮތަށް އަލުން ފާސްކޮށްފައެވެ.

މި ކަމަށް ރައްދުދެއްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ގާނޫނު އާސީއާއި ކުޑަތަންކޮޅެއްވެސް ހިލާފު ނުވާނެކަމަށާއި ގާނޫނު އަސާސީގެ ދަށުން ކުރާ ކޮންމެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. 

" 80 މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނު އަސާސީއާ ހިލާފު ވާނޭ. މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެެންވީމާ ބަންޑާރަ ނައިބުގެ ގާނޫނީ ލަފަޔަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި," ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމާ ގުޅުވާ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރަޢީސް މުއިއްޒު ވިދާޅުވީ އިންތިހާބު ފަސްކުރަން ޖެހޭ ބިލް އެއީ ތަސްދީގުކުރަން ޖެހޭ އެއްޗެއްގެ ގޮތުގައި ލަފާ ލިބިއްޖެއްޔާ ވަގުތުން ތަސްދީގުކޮށްލާނެކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބު މިހާރު ހަމަޖެހިފައިވާ ގޮތުން އޮންނާނީ އަންނަ މަހުގެ 17 ވަނަދުވަހުއެވެ. އެއީ ރޯދަމަހުގެ 7 ވަނަދުވަހެވެ. ރޯދަމަހު އިންތިހާބު ބާއްވާތީ ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފިޔަވާ އެހެން ޕާޓީތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް