ads
އަނަންޔާގެ ގޭގެ ޓުއާއެއް ދީފި
އަނަންޔާ ޕަންޑޭ ދާދި ފަހުން ވަނީ ޝާހްރުކް ޚާންގެ އަންހެނުން އަދި މަޝްހޫރު އިންޓީރިއާ ޑިޒައިނަރު ގައުރީ ހާން ފަރުމާ ކޮށްފައިވާ މުމްބާއީގައި ހުންނަ އޭނާގެ ގޭގެ ޓުއާއެއް ދީފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ގެ ގަނެފައިވާ އެކްޓްރެސް ވަނީ ސޯޝަލް މީޑިއާގައި ގޭގެ ބައެއް ތަންތަން ހިއްސާކޮށްފަ އެވެ. މީގެ ކުރިން އޭނާ ދިރިއުޅެމުން އައީ އޭނާގެ މައިންބަފައިން ކަމަށްވާ މަޝްހޫރު ކޮމެޑިއަން ޗަންކީ ޕާންޑޭ އާއި ބަވާނާ ޕާންޑޭ އަދި ދޮށީ ކޮއްކޮ ރައިސާ ޕަންޑޭ އާއި އެކުގަ އެވެ.

އަނަންޔާ އެންމެ ފުރަތަމަ ދައްކާލަ ދިނީ އޭނާގެ ބޮޑު ލިވިން ރޫމެވެ. އެތަނުގައި ކެއުމަށް މޭޒެއް، ކޮފީ މޭޒެއް، ހެނދުނު ސައި ބޮއެ ފޮތް ކިޔުމަށް ހާއްސަ ތަނެއް އަދި ޓީވީ ބަލާލުމަށް ވަކި ސަރަހައްދެއް ވެސް ހުރެއެވެ. ބިއްލޫރި ބޮޑު ކުޑަދޮރުން ގުދުރަތީ އަލިން ކޮޓަރި އަލިކޮށްދެ އެވެ. ލިވިން ހުންނަ ސޯފާއަކީ އަނަންޔާ ގިނަ ވަގުތު ހޭދަކުރާ ތަނެވެ.

އަނަންޔާ ޕަންޑޭ އެންމެ ފަހުން ފެނިފައިވަނީ ނެޓްފްލިކްސްގެ ފިލްމު "ހޯ ގަޔޭ ހަމް ކަހާން" އިންނެވެ. އޭނާ ދެން ފެނިގެން ދާނީ ވިކްރަމަޑިއްޔާ މޮޓްވާނޭގެ ކޮންޓްރޯލް އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް