ads
މޯލްޑިވިއަންގެ އާ އޭޓީއާރު ފްރާންސްގައި ޓެސްޓް ކުރަނީ - ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
މޯލްޑިވިއަންއިން ލަންކާއަށް އަލުން ދަތުރުތައް ފަށަނީ
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ސްރީލަންކާގެ ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އޭޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރު ފަށަން ތައްޔާރުވަމުންދާކަން އިއުލާން ކޮށްފި އެވެ.

މޯލްޑިވިއަންއިން ރާއްޖޭގެ 16 އެއާޕޯޓަކަށް ދަތުރުތައް ކުރާއިރު، އިންޑިއާގެ ދެ މަންޒިލަަކަށްވެސް ދަތުރު ކުރެ އެވެ.

މޯލްޑިވިއަން އިން މިއަދު ވިދާޅުވީ، މި ދަތުރުތައް ފުޅާކުރުމާއެކު ބައިނަލްއަގްވާމީ މުހިންމު މަންޒިލްތަކާ ރާއްޖެ ގުޅާލުމަށާއި، ފަސިންޖަރުންނަށް ދަތުރުފަތުރުކުރުމުގެ ފުރުސަތުތައް އިތުރުކުރެވިގެން ދާނެ ކަަމަށެެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިއީ ބައިނަލްއަގްވާމީ މަންޒިލްތަކަށް އެ އެއާލައިނުން ކުރާ ދަތުރުތައް ފުޅާކޮށް، ރާއްޖެ މުޅި ދުނިޔެއާ ގުޅުވާލުމަށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އަދި މޯލްޑިވިއަންއިން ކޮލަމްބޯ އާއި މާލެ އާ ދެމެދު ހަފްތާއަކު ދެ ދުވަހު ދަތުރުބާއްވާއިރު ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

މޯލްޑިވިއަން އިން ލަންކާ އަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ ފަށާ އަގަކީ 222 ޑޮލަރު އެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އޭ320 ގެ މަތިންދާ ބޯޓެވެ.

މޯލްޑިވިއަން އިން މައުލޫމާތުދޭގޮތުގައި މިހާރުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ޓިކެޓް ނަގާ ބުކް ކުރެވޭނެ އެވެ. އަދި މޯލްޑިވިއަން އޮފީސް މެދުވެރިކޮށްވެސް ޓިކެޓް ނެގުމުގެ ހިދުމަތް ލިބިގެން ދާނެ އެވެ.

މީގެ ކުރިންވެސް މޯލްޑިވިއަން އިން ވަނީ ކޮލަމްބޯ އާއި މާލެ އާ ދެމެެދު ދަތުރުތައް ބާއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް