ads
ބީއެމްއެލްގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޮނިކްސް ސިސްޓަމެއް ގާއިމްކުރުން - ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ އެހީއާއެކު ކިހާދޫ އަށް ހައިޑްރޯޕޮނިކްސް ސިސްޓަމެއް
ބޭންކް އޮފް މޯލްޑިވްސް (‏ބީއެމްއެލް) ގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޮނިކްސް ސިސްޓަމެއް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ގާއިމްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ އެ ކުންފުނީގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ހިންގި މި ޕްރޮޖެކްޓްގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް ހަތަރު ހައިޑްރޯޕޮނިކްސް ސިސްޓަމް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި 180 ސްލޮޓް ހިމެނޭ މި ސިސްޓަމްތަކުން އެއްފަހަރާ 700 އަށް ވުރެ ގިނަ ގަސްހެއްދޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ޕްރޮޖެކްޓުން ލިބޭ އާމްދަނީ ބޭނުންކުރަމަށް ހަމަޖެހިފައިވަނީ ކިޑްސް ޖަމިއްޔާގެ ހަރަކާތްތަކަށް ކަމުގަ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހައްސަކޮށްގެން ކިހާދޫ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އާ ގުޅިގެން ކިޑްސް ޖަމިއްޔާއިން ދަނޑުވެރިކަމާއި ހައިޑްރޯފޮނިކްސް އާ ގުޅޭގޮތުން ޓްރެއިން ސެޝަންތަކެއް ބާއްވާފައިވެ އެވެ.

ބީއެމްއެލްގެ ސްމޯލް ގްރާންޓް ފަންޑަކީ އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފް ކުރި ފަންޑެކެވެ. މި ފަންޑުގެ މަގްސަދަކީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް