ads
ރައީސް ޑރ. މުއިއްޒު ށ. މިލަންދޫ އަށް ވަޑައިގެން ރައްޔިތުންނާއި ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
ރައީސް ރ. އަދި ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު. ރ. އަތޮޅަށާއި ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ރ. އަލިފުއްޓަށެވެ. އޭގެ ފަހުން ރ. މީދޫ، ރ. އުނގޫފާރު، ރ. ދުވާފަރު، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ހިތާދޫ، ބ.ތުޅާދޫ އަދު ބ. ކެންދޫ އަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްތަކުގެ ކައުންސިލާއި ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރ. ވާދޫ، ރ. ކިނޮޅަސް، ރ. ފައިނު، ރ. މަޑުއްވަރީ، ރ. ރަސްގަތީމު، ރ. އަނގޮޅިތީމު، ރ. ހުޅުދުއްފާރު، ރ. މާކުރަތު، ރ. ރަސްމާދޫ، ރ. އިންނަމާދޫ، ބ. ދޮންފަނު، ބ. ދަރަވަންދޫ، ބ. މާޅޮސް، ބ. ގޮއިދޫ، ބ. ފެހެންދޫ، ބ. ފުޅަދޫ، ބ. ކިހާދޫ، ބ. ކަމަދޫ އަދި ބ. ކުޑަރިކިލު ކައުންސިލާއި ވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެ އެވެ.

your imageރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ކުރެއްވި ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވަނީ : ރައީސް އަނެއްކާވެސް ރަސްމީ ދަތުރެއްގައި ފުރާވަޑައިގެންފި - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޑައިގަންނަވާ ނުވަވަނަ އަދި 10 ވަނަ އަތޮޅެވެ. މިހާތަނަށް ރައީސް ވަނީ އައްޑޫ، ފުވައްމުލަށް، ގއ. ގދ. ހއ. ހދ. ށ. އަދި ނ. އަތޮޅަށް ވަޑައިގެންފަ އެވެ.

ރައީސް މި ދަތުރުފުޅުތައް ކުރައްވަމުން ގެންދަވާއިރު އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް