ads
ގާފަރު - ކުޑަހުވަދޫ މެޗުގެ ތެރެއިން
ގޯލްޑަން ފުޓްސަލްގެ ސެމީން ގާފަރު ފުރުސަތު ހޯދައިފި
ގޯލްޑަން ފުޓްސަލްގެ ޗެލެންޖުގެ ސެމީ ފައިނަލުން މާލެ އަތޮޅު ގާފަރު ފުރުސަތު ހޯދައިފިއެވެ.

ކ. ގާފަރުން ސެމީ ފައިނަލުގެ ޖާގަ ހޯދީ ދ. ކުޑަހުވަދޫ ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ކުރީކޮޅު ގާފަރުގެ އިބްރާހީމް ރިމާހް ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގު ކުރިން ކުޑަހުވަދޫގެ މުހައްމަދު އަރީޝް ވަނީ ގޯލު ޖަހާ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޖުމައިލް ޖަމީލް (ޖުމްބެ) ވަނީ ކުޑަހުވަދޫ އަށް ލީޑު ނަގާދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް ގާފަރުގެ އަލީ މާއިސް (މައްޓު) ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ފުރިހަމަ ވަގުތުގައި ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކުރި ހޯދީ ގާފަރެވެ.

މުބާރާތުގެ ސެމީގައި ގާފަރު ކުޅޭނީ، ގަދަފަދަ ތިމަރަފުށި ކަޓުވާލައި ސެމީއަށް ދިޔަ އޭދަފުށްޓާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް