ads
ޖަޕާންގައި ބޭއްވި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކާއި މިނިސްޓަރު ބައްދަލުކުރެއްވުން - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޖަޕާނުގައި ބޭއްވި މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް 6 ފަރާތަކުން ފުރިހަމަކޮށްފި
މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ޖަޕާނުގައި ބޭއްވި ތަމްރީން ޕްރޮގްރާމް ހަ ފަރާތަކުން ފުރިހަމަކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ހިންގަމުންގެންދާ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ދަ ފިޝަރީޒް ސެކްޓާ ޕްރޮޖެކްޓުގެ ދަށުން ޖައިކާއާއި ދިވެހި ސަރުކާރު ގުޅިގެން ހިންގި މި ތަމްރީން ޕްރޮގްރާމް ކުރިއަށްދިޔައީ ޖަޕާންގެ ޝިކޮކުގަ އެވެ.

ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނުގައި ބައިވެރިވެފައިވަނީ ރ. މަޑުއްވަރި، މ. ދިއްގަރު، އަދި ފ. ނިލަންދޫއިން، ކޮންމެ ރަށަކުން ދެ ބައިވެރިންނެވެ. އޭގެއިތުރުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓާ ޖެނަރަލް އާދަމް މަނިކާއި ޑިރެކްޓަރު އައިމިނަތު ނާޒިމާ ވެސް މި ޕްރޮގްރާމަގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޕްރޮގްރާމްގެ ބައިވެރިން ވަނީ ޖަޕާނުގެ ޝިކޮކުގެ ތިން ޕްރިފެކްޗަރެއްގެ ތަފާތު އެކި ތަންތަނަށް ޒިޔާރަތްކޮށް ޖަޕާނުގައި ތައްޔާރުކުރާ ބާވަތްތައް ތައްޔާރުކުރާ ގޮތާއި، ބަންދުކުރާގޮތާއި މާކެޓްތަކަށް ވިއްކުމުގެ ކުރިން ކޮންމެ ބާވަތެއްވެސް ކަޑައްތުކުރާ މަރުޙަލާތަކާ ގުޅޭ މައުލޫމާތާއި ތަޖުރިބާ ހޯދާފަ އެވެ.

މީގެއިތުރުން ކުދި އަދި މެދު ފަންތީގެ މަސްވެރިކަމުގެ ފާހަގަކުރެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ ވިޔަފާރިތަކާއި އުފައްދާ އުފެއްދުންތަކުގެ މައުލޫމާތުވެސް އެ ޕްރޮގްރާމްގައި ވަނީ ފޯރުކޮށްދީފަ އެވެ. އަދި މި ޕްރޮގްރާމްގައި ފިޝަރީޒް ކޯޕަރޭޓިވް އެސޯސިއޭޝަންތަކުން ހިންގާ މަހުން ތަފާތު އަގުއެއްކުރި ބާވަތްތައް ތައްޔާރުކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ވެސް ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް