ads
"ބިޒްނަސް ބޭންކިން"ގެ ނަމުގައި އެމްއައިބީން އާ ގޮތްޕެއް ހުޅުވުން - ފޮޓޯ: ޕީއެސްއެމް
ބިޒްނަސް ބޭންކިންގެ ނަމުގައި އެމްއައިބީގެ އާ ގޮތްޕެއް ހުޅުވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން "ބިޒްނަސް ބޭންކިން" ގެ ނަމުގައި އާ ގޮތްޕެއް ހުޅުވައިފި އެވެ.

އެމްއައިބީން ބުނީ ބިޒްނަސް ބޭންކިންގެ ބައެއް ހިދުމަތްތައް 24 ގަޑިއިރު ދިނުމަށް ހާއްސަ ލޮބީއެއް އެ ބޭންކުން ގާއިމްކޮށްފައިވާ ކަމަށެވެ. އެ ލޮބީގައި ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ދެވޭނެ އެވެ. އަދި ލޮބީގައި ކޭޝް ޑިޕޮސިޓްކުރުމުގެ ހިދުމަތުގެ އިތުރުން ޕެޓީ ކޭޝްއަށް ހާއްސަ ކާޑެއް ވެސް ތައާރަފް ކޮށްފައިވާ ކަމަށް އެމްއައިބީން ބުނެ އެވެ.

އެމްއައިބީގެ މި ގޮފި ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް ބޭންކިންގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވި ގޮތުގައި، އެ ގޮފީގެ ސަބަބުން އެމްއައިބީން ދޭ ބޭންކިންގެ ހިދުމަތްތައް ފުޅާވެ ހަރުދަނާ ވެގެންދާނެ ކަމުގަ އެވެ. އަދި ބިޒްނަސް ބޭންކިންއަކީ މި ދާއިރާއިން ކުރިއެރުމަށް އެމްއައިބީން ކުރަމުންދާ މަސައްކަތައް ފުރިހަމަކަމެއް ގެނެސްދޭނެ ގޮތްޕެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އެމްއައިބީ ބޮޑަށް ފާހަގަވެފައި އޮންނަނީ ރީޓެއިން ބޭންކެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، ބިޒްނަސް ބޭންކިންގެ ރޮނގުން ވެސް ކުރިއަރަންޖެހޭ ކަމަށް މުފައްލަދް ވަނީ ފާހަގަކުރައްވާފަ އެވެ.

އަލަށް ތައާރފްކުރި ބިޒްނަސް ބޭންކިންގެ ސާވިސް ޑެސްކުގެ ހިދުމަތް އާންމު ދުވަސްތަކުގައި ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ހަވީރު 16:00 އާ ހަމަޔަށެވެ. އަދި ރޯދަ މަހު ހެނދުނު 9:30 އިން 15:00 އަށް ހިދުމަތް ލިބޭއިރު، ރޯދަ މަހުގެ ފަހު ދިހައިގައި ހިދުމަތް ދިނުމަށް ހަމަޖއްސާފައި ވަނީ 11:00 އިން 14:00 އަށް ކަމަށް އެމްއަބީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް