ads
ކެނދިކުޅުދޫ ކައުންސިލާއި ރައީސް ބައްދަލުކުރައްވަނީ
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލު ކުރަން އަންގައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
Advertisement

ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ކައުންސިލްގެ ރުހުން ނެތި، ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިވަފާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމަށް ވާހަކަފުޅުދައްކަވާފައިވާ ކަމަށެވެ.

ރައީސް ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ އެ ދަތުރުފުޅުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދި ރައީސް އޮފީހުން އެންގެވި އެންގުމާ އެއްގޮތަށް އެ ކައުންސިލުން ވާނީ އެ ދަތުރުފުޅާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީފައި ކަމަށް ބަޔާނުގައިވެއެވެ. އެގޮތުން ރައީސް ރަށަށް ފައިބާވަޑައިގަތުމަށްފަހު ރަށުގެ ރައްޔިތުންނާ މުހާތަބު ކުރުމަށް ބޭއްވި ހަފްލާގެ އެންމެހައި އިންތިޒާމެއް ހަމަޖައްސައި އެ ހަފްލާގައި ކައުންސުލުންވެސް ބައިވެރިވިކަން ފާހަގަކުރިއެވެ.


"އެހެން ނަމަވެސް އެ ހަފްލާގެ ވަކި ހިސާބަކުން ރައީސާއި އެމަނިކުފާނުގެ ކެބިނެޓްގެ ބައެއް ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ މިސްރާބުު މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަފުޅަކަށް ބަދަލުވެގެން ދިޔަ. ކައުންސިލަށް އެ ހަފްލާ ސިފަވެގެން ދިޔައީ ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ވަޑައިގެން މަޖިލީހުގެ އިންތިހާބަށް ސަރުކާރަށް ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ގޮތުގައި." ބަޔާނުގައިވެ އެވެ.


ކެނދިކުޅުދޫ ކައުންސިލްގެ ރައީސަށް އެޑްރެސްކޮށް އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައަކަށްވެފައި ކައުންސިލްތަކަށް ލިބިދީފައިވަނީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ އަދި ކައުންސިލްތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭން ވާނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަމަށެވެ.

އެހެންވެ، ކައުންސިލުގެ މެމްބަރުންގެ ސޮއި ނެތި، އަދި ކައުންސިލުން ނޫސް ބަޔާނަކަށް ޒިންމާވާނެ ފަރާތެއްގެ ނަން ނެތުމަކީ އެ ބަޔާނުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އެހެންވެ ބަޔާން ބާތިލުކޮށް އެކަން މާދަމާ މެންދުރު 2:00 ކުރިން އެލްޖީއޭއަށް އެންގުމަށް ބަޔާނުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް