މިއަދު ރ. ދުވާފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށު ޕިކަޕަށް ނަގާ ފީއާ މެދު އާންމުންގެ ސަކުވާ ލިބެމުން އަންނަ ކަމަށެވެ.
ރ. އަދި ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރަށު ޕިކަޕަކީ އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފަސޭހައެއް ވާ އެއްޗެއް ކަމަށެވެ. މިހާރު އެޔަށް 1800 ރުފިޔާ ސަރުކާރުން ނަގާކަަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެ ފަދަ ރަށު ޕިކަޕް ތަކަކީ ރައްޔިތުންނައް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭ އަދި ތިމާވެއްޓާއިވެސް ނުހަނު ގުޅުންހުރި އެއްޗެހި ތަކެއްކަމަ ށެވެ.
ފީ އުވާލުމުން އިންޖީނުލީ އެއްޗިއްސައް ވުރެން ބެޓަރީ އޮޕަރޭޓަޑް އެއްޗެހި އާންމު ރައްޔިތުން ބޭނުން ކުރާ މިންވަރު އިތުރުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ބަލަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ.