މާދަމާރޭގެ ސެމީ ފައިނަލުތަކުގެ ތެރެއިން ފުރަތަމަ ސެމީއަކީ، ލ. ގަމާއި ވިލިމާލެ ކުޅޭ މެޗެވެ. އެންމެ ފަހުގެ ޗެމްޕިއަން ގަން، ސެމީއަށް ދިޔައީ ކުއާޓާ ފައިނަލުގައި އއ. މަތިވެރި ބަލިކޮށްގެނެވެ. ވިލިމާލެ ސެމީއަށް ދިޔައީ ސ. ހިތަދޫ ބަލިކޮށްގެނެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކުޅޭނީ، މާލެ އަތޮޅު ގާފަރު އަދި ބ. އޭދަފުށްޓެވެ. ގާފަރު ސެމީއަށް ދިޔައީ ކުޑަހުވަދޫ ބަލިކޮށްގެނެވެ. އަދި އޭދަފުށި ސެމީއަށް ދިޔައީ މުބާރާތުގެ ރަސްގެފާނުގެ ގޮތުގައި ބެލެވިފައިވާ ތިމަރަފުށި ބަލިކޮށްގެނެވެ.