މި ބައްދަލުވުން ކުރިއަށްދާނީ މިމަހު 4-5 އަށް ސައޫދީ އަރަބިއްޔާގެ ޖިއްދާގަ އެވެ. މި ބައްލުވުމުގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ގާޒާއާއި ރަފަހުގައި އިސްރާއިލުން ކުރިއަށްގެންދާ އަސްކަރީ އަނިޔާވެރި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސަޢުދީ އަރަބިއްޔާގައި ބޭއްވި ޖޮއިންޓް އެރެބް އިސްލާމިކް ސަމިޓުގައި ފާސްކުރެވުނު ގަރާރުތަކާއި ނިންމުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. އޯއައިސީގެ ބައްދަލުވުމަކީ ސައޫދީ އަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ބައްދަލުވުމެކެވެ.
ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްކުރަން ފަށާފަ އެވެ. ފަލަސްތީނުގެ މައްސަލައަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ މައްސަލައެކެވެ.