މެރަތަންގެ ގައުމީ ރެކޯޑް ޔޫސުފް އިބްރާހިމް މުގުރާލީ ތުރުކީގެ އަނަޓޯލިޔާ މެރަތަންގައި އިއްޔެ ވާދަކޮށެވެ. ޔޫސުފް، ރެކޯޑް މުގުރާލީ 2 ގަޑިއިރާއި 29 މިނެޓް 48 ސިކުންތުންނެވެ.
ޔޫސުފް އެ ރެކޯޑް މުގުރާލުމުގެ ކުރިން އެ މަގާމުގައި ކުރިން އޮތީ މުހައްމަދު ޝިފާޒެވެ. ދުބާއީ މެރަތަންގައި 2019 ގައި ވާދަކޮށް، ޝިފާޒު، އޭނާގެ އަމިއްލަ ރެކޯޑް މުގުރާލީ 2:32:56 (2 ގަޑިއިރާއި 32 މިނެޓް 56 ސިކުންތު) އިންނެވެ.
އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓްގައި މިދިޔަ އަހަރު ޖުލައި މަހު، 1 ގަޑިއިރާއި 9 މިނެޓް 58 ސިކުންތުން، ޔޫސުފް ހެދި ހާފް މެރަތަންގެ ރެކޯޑް ވެސް ކުރިން އޮންނަނީ ޝިފާޒު އަތުގަ އެވެ. އެ ރެކޯޑް ވެސް އޭނާ ހެދީ 2019 ގަ އެވެ.