ads
އަނގަމަތީ ޓޭޕް އަޅައިގެން ތިބެ ކައުންސިލަރުން އިހްތިޖާޖް ކުރަނީ
އެލްޖީއޭއިން އެންގި ގޮތަށް ކެނދިކުޅުދޫ ކައުންސިލުން ބަޔާން ބާތިލް ނުކުރަން ނިންމައިފި
ރަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންކުރެއްވި ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ނެގުމަށް ލޯކަލްސް ގަވަމެންޓް އޮތޯރިޓީ (އެލްޖޭއޭ) އިން އެންގި އެންގުމަށް އަމަލު ނުކުރުމަށް އެ ކައުންސިލުން ނިންމައިފި އެވެ.
Advertisement

ކެނދިކުޅުދޫ ކައުންސިލުން ބަޔާން ނެރުނީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރަަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސް މުއިއްޒު ކެމްޕޭނު ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ އެވެ.

އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އަންގާފައި ވަނީ މިއަދު މެންދުރު 2:00 ގެ ކުރިން އެ ބަޔާން ބާތިލު ކުރުމަށެވެ.

އެކަމަކު ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައުފް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެ ކައުންސިލަށް ލިބިފައިވާ ގާނޫނީ ލަފަޔާއެކު ކައުންސިލް މެމްބަރުން ނިންމީ ބަޔާން ބާތިލު ނުކުރުމަށް ކަމަށައި، އެގޮތަށް ނިންމީ ބަޔާން ބާތިލު ކުރަން ޖެހޭނެފަދަ ގާނޫނީ ސަބަބެއް އެލްޖީއޭއަށް ބުނެދެވިފައި ނުވާތީ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލްކުރާ ގޮތުގައި އެލްޖޭއަކަށް ކައުންސިލަށް ބަޔާން ބާތިލްކުރުމަށް އެންގުމުގެ ބާރެއް ގާނޫނީ ގޮތުން ނެތް. އެހެންވީމަ އެލްޖޭއޭގެ އެންގުމަށް އަމަލު ނުކުރުމަށް ނިންމީ." ރައޫފް ވިދާޅުވި އެވެ.

އެލްޖޭއޭގެ އެ އަމަލު ކުށްވެރިކުރައްވަމުން ރައޫފް ވިދާޅުވީ އެލްޖޭއޭއިން އެންގިއެންގުމަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ މުޅިން ދެކޮޅު، ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް ކުރި އަމަލެއް ކަމަށެވެ.

އެމްޑީޕީ މެޖޯރިޓީ އޮންނަ އެ ކައުންސިލްގެ ހުރިހާ މެމްބަރުން އަނގަމަތީގައި އެޅުއްވި ޓޭޕުގައި "އެލްޖީއޭ" ލިޔެފައި އޮތެވެ. އަދި މެމްބަރުން ވަނީ އިހްތިޖާޖްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރައްވާފަ އެވެ.


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް