ads
​އެމްއެންޔޫގެ މެޑިކަލް ދާއިރާގެ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމެއްގައި ތައިލެންޑްގެ ކުންފުންޏަކާއެކު ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް
މެޑިކަލް ދާއިރާއިން އެމްއެންޔޫގެ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކުރަނީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެޑިކަލް ދާއިރާގެ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމެއްގައި ތައިލެންޑްގެ ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.

ތައިލެންޑުގެ ސަމިޓިވެޖް ޕަބްލިކް ކޮމްޕެނީއާއެކު އެކުލަވާލި މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒެވެ. އަދި ސަމިޓިވެޖްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ ސުރަންގަކަނާ ޓެޗަޕައިތޫނެވެ.

ފަސް އަހަރުގެ މި އެއްބަސްވުމުގެ މަގްސަދަކީ ދެ މުއައްސަސާގެ މެދުގައި ރިސާޗް ކުރިއަރުވުމާއި ދަރިވަރުންނާއި މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އެ ކުންފުނީގެ ލަފަޔާއި އިރުޝާދު ހޯދުމެވެ.

އެމްއެންޔޫއިން ބުނީ މި އެއްބަސްވުމުގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭނީ މެޑިކަލް ދާއިރާއަށް ކަމަށެވެ. އޭގެތެރެއިން ނާސިން އާއި އެލައިޑް ހެލްތު ދާއިރާގެ އިތުރުން ފަންނީ ގާބިލުކަން އިތުރު ކުރުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމްތައް ވެސް ހިންގާނެ ކަމަށް އެމްއެންޔޫއިން ބުނެ އެވެ. 

ތައިލެންޑްގެ އަމިއްލަ ހޮސްޕިޓަލް ބްރޭންޑެއް ކަމަށް ވާ މި ކުންފުންޏަކީ ބެންކޮކާއި، ޗޮންބުރީ ޕްރޮވިންސްގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަންނަ ކުންފުންޏެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް