ads
ޗައިނާ އާއެކު ރާއްޖެއިން ވަނީ އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފަ—
ރާއްޖެއަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ޗައިނާ އާއެކު އެއްބަސްވުމަކަށް
ރާއްޖެއަށް އަަސްކަރީ އެހީ ފޯރުކޮށްދިނުމަށް ޗައިނާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އެވެ. 

އަދި ޗައިނާގެ ފަރާތުން އެއްްބަސްވުމުގައި ސޮއިކޮށްފަވަނީ އެގައުމުގެ ޑެޕިއުޓީ ޑައިރެކްޓާ އޮފް ދަ އޮފީސް ފޯ އިންޓަނޭޝަނަލް މިލިޓްރީ ކޯޕަރޭޝަން އަޖައުން ބައުކުއަން އެވެ. 

އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެކަމަށެވެ.

ނަމަވެސް އަދި މިހާތަނަށް އެއްބަސްވުމާ ގުޅޭ ތަފްސީލެއް އެ މިނިސްޓްރީން ހާމަކޮށްފައެެއް ނުވެއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއާއި ޗައިނާ އާއޮ ދެމެދު އޮންނަ ގުޅުން ރަނގަޅުވަމުން ދިޔަ ނަމަވެސް އަވައްޓެރި އިންޑިއާ އާއިދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް