ads
ނަސްރު
ނަސްރު 95 މެރަތަން ފުރިހަމަކޮށް، 100 އަށް އަމާޒު ހިފާފައި
ތުރުކީގެ އަނަޓޯލިޔާގައި ދުވެ، ރާއްޖޭގެ މަޝްހުރު ދުވުންތެރިޔާ، ނަސްރުﷲ އަހްމަދު އޭނާގެ 95 ވަނަ މެރަތަން ފުރިހަމަކޮށްފިއެވެ.

ތުރުކީގެ އަނަޓޯލިޔާގައި އާދިއްތަ ދުވަހު ދުވެ، ކެރިއަރުގެ 95 ވަނަ މެރަތަން ނަސްރު ފުރިހަމަކޮށްފައިވާއިރު، ނަސްރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 100 ވަނަ މެރަތަން ފުރިހަމަ ކުރުމެވެ.

މި އަހަރު ތެރޭ 100 ވަނަ މެރަތަން ފުރިހަމަ ކުރަން އަޒުމް ކަނޑައަޅާފައިވާ ނަސްރުވަނީ، އޭނާގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ހަދިތާ ކުރަން ނިންމާފައެވެ. ނަސްރުގެ 80 ވަނަ މެރަތަންގެ މެޑަލް، 2022 ގައި އޭނާ ހަދިޔާ ކުރީ، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

ނަސްރު އެންމެ ފުރަތަމަ މެރަތަން އެއް ދުވެފައިވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި 1999 ވަނަ އަހަރުއެވެ. ނަސްރުވަނީ 2018 ވަނަ އަހަރު 13 މެރަތަންގައި ވާދަކޮށް އެ ހުރިހާ މެރެތަންއެއް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. އޭނާގެ އެންމެ ކާމިޔާބު މެރަތަންއަކީ 2020 ގައި އިންޑިއާގައި ބޭއްވި ހިންދުސްތާން މެރަތަން އެވެ. އެމެރަތަންއިން އޭނާ ވަނީ އެއްވަނަ ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް