ads
ކުޑަހުވަދޫގައި ރައީސް ވާހަކަދައްކަވަނީ(ފޮޓޯ/ރައީސް އޮފީސް)
އާބަން ސެންޓަރެއްގެ ގޮތުގައި ކުޑަހުވަދޫ ތަރައްގީކުރާނަން: ރައީސް
ރާއްޖޭގައި ގާއިމުކުރާ ހަތް އާބަން ސެންޓަރުގެ ތެރޭގައި ދ. ކުޑަހުވަދޫ ހިމަނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށްޓަކައި އެކި ޒޯންތަކަށް ބަހާލައިގެން އަދި އެއްފަސްކުރުމުގެ ސިޔާސަތެއްގެ ދަށުން ތަރައްގީކުރުން މުހިންމު ކަމަށެވެ. 

އެގޮތުން ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަދި އެންމެ ދެކުނުގެ ހަަތަރު އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރެވިގެންދާނެކަމުގައި ވިދާޅުވި އެެވެ. އަދި، މާލެސިޓީ ނުހިމަނާ އިތުރު ހަތް އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއެކު ތަރައްގީ ކުރައްވާނެކަމަށް ވެސް ވިދާޅުވި އެވެ. 

ކުޑަހުވަދޫއަކީވެސް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީވެގެންދާނެ ތަނެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެޔާއެކު ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނެކަމަށެެވެ.

އެގޮތުން ބަނދަރު ބޮޑުކޮށް ރަނގަޅުފެންވަރެއްގައި ތަރައްގީކުރުމާއި ކޮމާޝަލް ހާބަރެއް ތަރައްގީކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި، ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރުކޮށް ފެންވަރު މަތިކުރުމާއި ހޮސްޕިޓަލުގެ އާއިމާރާތެއް އެޅުމާއި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުންފަދަ، އާބަންސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާކަމެއް ގާއިމުކުރެވޭނެކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް