އެއާލައިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވަމުންދާ ދަތިތަކާއި ގުޅިގެން ދ. އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށް ކުރާ މަތިންދާބޯޓު ދަތުރުތައް މާދަމާއިން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް މިއަތޮޅުތަކަށް ދަތުރުތައް ހިންގުމަށް އާންމުންގެ ފަރާތުން ކެނޑިނޭޅި އެދެމުންދާތީ، މިއަތޮޅުތަކަށް އާންމު ދަތުރުތަކާއި އެމަޖެންސީ ފްލައިޓްތައް ސީޕްލޭން ބޭނުންކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާކަމަށް އެ އެއާލައިނުން ބުނެއެވެ.
ކަމާބެހޭފަރާތްތަކުން އަންގާ ފައިވާގޮތަށް ހަމައެކަނި ކުރަންޖެހޭ ދަތުރުތައް ކުރުމަށް އެއާލައިންއިންވެސް ވަނީ އެދިފައެވެ.