ރައީސް ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މީދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ފަސް އަހަރު ދުވަހަަށް ބަހާލައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 40،000 ޔުނިޓް އެޅުމަށް ގާއިމްކުރައްވާނެ ކަމަށެެވެ.
އެ 40،000 ހައުސިން ޔުނިޓް ގާއިމްކުރާނީ މާލޭ ސަރަހައްދުން ބޭރުގައިކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ހޯދުމަށް މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯއްދަވައިދެެއްވާނެކަމަށެެވެ.
އެގޮތުން އެ 40،000 ހައުސިން ޔުނިޓް އަޅާއިރު އެންމެ ބޮޑަށް އާބާދީ އެއްފަސްކުރެވޭ، އިގްތިސޯދު ވަރުގަދަކޮށް އޮވެ، ބިން އޮތް ރަށްތަކަށް ބައްލަވާނެކަމަށް ރައީސް ވިދާޅުވިއެވެ.