ads
ރާ ބޯން ދިޔަ މީހުން ލޯންޗުގައި އުފުލި ރާ ފުޅިތައް
މަސްތުވެ ރާބޯން ފަޅުރަށަކަށް ދިޔަ ބަޔަކު އަތުލައިގެންފި
މ. މުލަކުގައި ދުއްވާ ލޯންޗެއްގައި މަސްތުވާތަކެތި ބޭނުންކޮށް ރާ ބޮމުންދިިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ. މަސްތުވެ ރާބޯން ފަޅުރަށަކަށް ދިޔަ ބަޔަކު އަތުލައިގެންފި
Advertisement

ފުލުހުން ބުނީ މި މީހުން އަތުލައިގަތީ މ. މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ހިފައިގެން ފަޅުރަށަކަށް ދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ހިންގި އޮޕަރޭޝަނުގައިކަމަށެވެ. 

މުލި ޕޮލިސް ސްޓޭޝަނާއި ކޮޅުފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 10 މީހަކު ހައްޔަރުކޮށްފައިވަނީ މ. ހަކުރާހުރާ ކައިރިން ކަނޑުމަތިންކަމަށް ފުލުހުން ބުނެއެވެ. 

އެމީހުން ދަތުރުކުރި ލޯންޗާއި އެމީހުން ގެންގުޅުނު ތަކެތި އަދި އެމީހުންގެ ހަށިގަނޑު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ސެލޯފިންކޮޅާއި ދަޅުގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 35 ފުޅި ބަނގުރާ ފެނިފައިވައިވާކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލާގައި ހައްޔަރު ކުރި 10 މީުންގެ އިތުރުން އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އެމިހާ ހައްޔަރުކުރީ ލޯންޗު ބަލައިފާސްކޮށް މީހުން ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައިކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 22 އަހަރާއި 33 އަހަރާ ދެމެދުގެ މީހުންނެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ބައެއް މީހުން ދޫކޮށްލައި އަދި ދެންތިބި މީހުން ތިންދުވަހާއި ފަސްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް