ads
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ތަމްރީނުތަކުގައި ބޭނުންކުރާ ބޯޓް
ޕައިލެޓް ކޯހަށް ހުޅުވާލައިފި، އަގު 63 ހާސް ޑޮލަރު
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން މި އަހަރު އޭޕްރިލް އިންޓޭކަށް ހުޅުވާލައިފިއެވެ.

ފައިލެޓަކަށް ވާން އެދޭ ކުދިންނަށް އެކެޑަމީގެ ޕްރޮގްރާމުގައި ހިމަނާފައިވަނީ 6 މަހުގެ އޭޓީޕީއެލް ތިއަރީއާ 6 މަހުގެ ފްލައިޓް ތަމްރީނުތަކެވެ. މި  ކޯހުގައި އޮންލައިންކޮސް ބައިވެރިވުމުގު ފުރުސަތުވެސް އޮންނާނެކަމަށް މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން ބުނެއެވެ. 

ޝަރުތުތައް 

  • އުމުރުން 17 އަހަރުވެފައިވުން 
  • އޯލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ ކޯހަކުން، އިނގިރޭސި، ފިޒިކްސް އަދި ހިސާބު ފާސްވެފައިވުން
  • ކްލާސް 1 މެޑިކަލެއް އޮތުން 

އެއް އަހަރު ދުވަހުގެ ކޯހުގެ ފީގެ ގޮތުގައި ދައްކަންޖެހޭނީ 63،000 ޑޮލަރެވެ. ކޯހުގެ ފީގެ ތެރޭގައި ކިޔެވުމަށް ބޭނުންވާ ސާމާނާއި ޔުނިފޯމް ހިމެނެއެވެ. އެހެންނަމަަވެސް ކެއުމާއި ހުރުމާއި މެޑިކަލް ފީގެ ތެރޭގައި ނުހިމެނޭކަމަށް އެކެޑަމީން ބުނެއެވެ. 

ކޯހުގައި ބައިވެރިވާން ބޭނުން ކުދިން [email protected] ލިޔުންތައް ހުށައެޅުމަށް އެކެޑަމީން އެދެއެވެ. 

your imageމޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ފުރަތަމަ ބެޗްގައި ބައިވެރިވެ ދަރިވަރުންނާއި އެތަނުގެ މުވައްޒަފުން

ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ގުޅިގެން މޯލްޑިވްސް އޭވިއޭޝަން އެކަޑެމީ އުފެއްދީ 2021 ވަނައަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ އެކެޑަމީގައި ކިޔެވުން ފެށީ 2022 ވަނަ އަހަރު ޖެނުއަރީގައެވެ. އަދި ފުރަތަމަ ބެޗްގައި ބައިވެރިވި 18 ދަރިވަރުން ދަސްވެނިވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 6 ވަނަދުވަހުއެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް