ads
ކުރީގެ ރައީސް ސޯލިހު
އެމްޑީޕީގެ 12 މެންބަރުން ބަދަލުވީ ފައިސާއަށް: ސޯލިހު
އެމްޑީޕީ ދޫކޮށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ބަދަލުވީ މެންބަރުންނަކީ ފައިސާ އަަށް ވިކުނު ބައެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމު ގައި ވެސް ހުންނެވި ސޯލިހް މިހެން ވިދާޅުވީ ނޫނު އަތޮޅަށް ކުރައްވާ ދަތުރުފުޅު ގައި ޕާޓީ މެންބަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގައި ކުރީން ހުންނެވި މެންބަރަކާއި އެ ޕާޓީއަށް ނިސްބަތްވި 12 މެންބަރަކު ހިމެނޭހެން ޖުމްލަ 13 މެންބަރަކު ވަނީ ކޮންގްރެސްއާ ގުޅިފައެވެ.

ސޯލިހް ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ދައުލަތުގެ އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަމުންނެވެ.  

"އެކަން ކުރި ގޮތް ވަރަށް ސާފުކޮށް އެބަ އެނގޭ. މިތާ މި ތިއްބެވި ދެ ބޭފުޅުންނަށް ވެސް ފައިސާ ހުށަހެޅި. ފައިސާ ދީގެން 12 މެންބަރަކު އެ ތިބީ ގެންގޮސްފަ. އެއްޗެއް ހިތަށް ވެސް ނާރާ." ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނަށް އިޝާރާތް ކުރައްވައި ސޯލިހު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނުތައް ތަސްދީގުނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ގޮންޖައްސަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން އެކަމުން މި ވަގުތު ސަލާމަތްވަމުންދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހް މި ތުހުމަތު ކުރެއްވިއިރު ވެރިކަމުގައި ހުންނަވާ މަޖިލީހުގެ ބައެެއް މެންބަރުން އެމްޑީޕީއަަށް ވެސް ގެންދެވި އެވެ. 

ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި ފެންނަނީ ރިޔާސީ އިންތިހާބުގައި ނިންމުނު ނިންމުމާ ގުޅިގެން ރައްޔިތުން މާޔޫސްވެފައިތިބި ތަން ކަމަށާއި ރައްޔިތުން ތިބީ ގޮތް ހުސްވެފައި ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ގޯހެއް ހެދިއްޖެކަން ހުދު އެ ބޭފުޅުންގެ، ޕީއެންސީގެ އާންމު މެންބަރުން ވެސް މިހާރު ގަބޫލު ކުރޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މަސައްކަތްތެރިން ވެސް ތިބީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް އެމްޑީޕީއާ އެކު ކަމަށް ކުރީގެ ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް