ads
މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު
އެލްޖީއޭގެ ސިޓީ ރައީސް އޮފީހުން ޑްރާޕްޓްކުރިކަމުގެ ތުހުމަތު
ބައެއް ކައުންސިލްތަކުގެ ނިންމުމާއި ދެކޮޅަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ފޮނުވި އިންޒާރުގެ ސިޓީތައް ޑްރާފްޓްކުރީ ރައީސް އޮފީހުންކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލާނެ ކަމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޑރ.މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރާއި ދިމާކޮށް ބައެއް ކައުންސިލްތަކުން ވަނީ ބަޔާން ނެރެފައެވެ. އަދި ބައެއް ކައުންސިލްތަކުން ވަނީ ރައީސް ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވާންެވެސް ދެކޮޅު ހަދާފައެވެ. މިކަމާއި ގުޅިގެން އެލްޖީއެޭއިން ވަނީ އެ ކައުންސިލްތަކަށް އިންޒާރުދީ ދީ ސިޓީ ފޮނުވާފައެވެ. 

މިކަމާއި ގުޅިގެން ރައީސް މުއިއްޒު ވަނީ އެލްޖީއޭއިން ކައުންސިލްތަކަށް ފިޔަވަޅު އަޅަން ތާއީދު ނުކުރާކަމަށް ވިދާޅުވެފަ އެވެ. 

ރައީސްގެ މިވާހަކަތަކަށް ރައްދުދެއްވާ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވީ އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވި ސިޓީ ޑްރާފްޓްކުރީ ދަންވަރު ރައީސް އޮފީހުގައިކަމަށް ބުނާ މައުލޫމާތު ލިބިފައިވާކަމަށެވެ. 

" އެލް.ޖީ.އޭ އިން ކައުންސިލް އަށް ފޮނުވި ސިޓީއަކީ ރައީސް އޮފީހުން ޑްރާފްޓްކޮށްފަ ދަންވަރު ފޮނުވި ސިޓީއެއް ކަމަށާ އޮފީސް ހުޅުވުމުގެ ކުރިން އެލް.ޖީ.އޭ އިން އެ ސިޓީ ކައުންސިލަށް ފޮނުވާފަ އޮތްކަމުގެ މައުލޫމާތު ވަނީ ލިބިފަ.މައްސަލަ މަޖްލިސް އަށް ވަނީ ލިބިފަ.އެކަން ކޮމިޓީއިން ބަލާނެ. " އަލީ ނިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެއެވެ.

ރަސްމީ ދަތުރެއްގައި ނ. ކެނދިކުޅުދޫއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ކުރެއްވި ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން އެލްޖީއޭއިން ވަނީ އަންގާފަ އެވެ. 

އެހެންނަމަވެސް ދ. މީދޫގައި ރޭ ވާހަކަދައްކަމުން ރައީސް މުއިއްޒު ވިދާޅުވީ  ކައުންސިލްތަކަށް ފިޔަވަޅު އަޅައި، ހުރަސްތައް ކުރިމަތިކޮށް ދަތިކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް