މުލަކަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދު ވެވަޑައިގެންނެވި ފަދައިން އެރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު މަތިކޮށް ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
އެ މަނިކުފާނު ވަނީ އެ ރަށުގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް ވެވަޑައިގެންނެވި ވައުދަށްވެސް އަލިއަޅުއްވާލައްވައި ވާހަކަދައްކަވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވީ މުލަކު ބަނދަރު އިތުރަށް ބޮޑުކޮށް 1400 ފޫޓު ދިގުމިން ހުންނަ ވަރަށް ބަނދަރުވެސް ބޮޑުކޮށްދޭނެ ކަމަށެވެ. އަދި އެރަށުގެ މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސްޕީޑު އަވަސްކޮށް ނިންމައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.