ads
ޑަބްލިޔުއެޗްއޯގެ ޓީމުތައް ގާޒާއަށް ކުރި ދަތުރުގައި ހޮސްޕިޓަލަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ހޮސްޕިޓަލުން ފެނުނީ ވަރަށް ހިތާމަވެރި "ބިރުވެރި" މަންޒަރުތަކެއް: ޑަބްލިޔުއެޗްއޯގެ ޓީމު
އިސްރާއީލުން ގާޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާ އެކު، ޑަބްލިޔުއެޗްއޯގެ ޓީމުތަކުން ޒިޔާރަތްކުރި ހޮސްޕިޓަލުތަކުން ފެނުނީ ވަރަށް ހިތާމަވެރި "ބިރުވެރި" މަންޒަރުތަކެއް ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯއިން ބުނެފި އެވެ.
Advertisement

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 30،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގެ ސަބަބުން ޒަޚަމުވި މީހުންގެ އަދަދު ވަނީ 71،000 އަށް އުފުލިފަ އެވެ.

ޑަބްލިޔޫއެޗްއޯގެ ޑައިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވި ގޮތުގައި ޑަބްލިޔުއެޗްއޯގެ ޓީމުތަކުން ދާދި ފަހުން ގާޒާއަށް ކުރި ޒިޔާރަތުގައި އިސްރާއީލުން ކާބޯތަކެތި ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ގާޒާގެ ކުޑަކުދިން މަރާ މަންޒަރު އެޓީމުތަކުގެ މެންބަރުންނަށް ފެނި އެބޭފުޅުންގެ ރިޕޯޓްގައި އެކަން ހާމަކޮށްފައިވެ އެވެ.

your imageއިޒްރޭލުން ގާޒާއަށް ދިން ހަމަލާއެއްގައި ކުޑަކުދިންތަކަކަށް އަނިޔާވެފައި - ފޮޓޯ: ރޮއެޓާސް 

އިސްރާއީލު ސިފައިން ގާޒާގެ ހޮސްޕިޓަލްތަކަށް ހަމަލާދީ ހޮސްޕިޓަލްތައް ފުނޑުފުނޑުކޮށްލާފައިވާ މަންޒަރުވެސް އެޓީމުތަކަށް ފެނިފައިވާކަމަށާއި ޣައްޒާގެ ޑޮކްޓަރުންނާއި ނަރުހުން މަރަން އިސްރާއީލު ސިފައިން މަސައްކަތްކުރާ މަންޒަރުވެސް ފެނިފައިވާކަން އެޓީމުތަކުން ހާމަކޮށްފައިވާ ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.

"ހޮސްޕިޓަލުން ފެނުނީ ވަރަށް "ހިތާމަވެރި" ބިރުވެރި މަންޒަރުތަކެއް. އެއީ އެދެތަނުގައި އެދުމަތިކޮށްފައިވާ ކުޑަކުދިންނަށް ބޭހާއި ކާބޯތަކެތި ނުލިބިގެން މަރުވާ މަންޒެރު. އައްސިކުރާ ސާމާނާއި ބޭސްނެތިގެން އައްސިނުކޮށް އޮޕަރޭޝަންތައް ކުރަން ގާޒާގެ ޑޮކްޓަރުންނަށް މަޖުބޫރިވެފައިވާ މަންޒަރު" ޑަބްލިޔުއެޗްއޯގެ ޓީމުތަކުގެ ތައްޔާރުކުރި ރިޕޯޓްގައިވެ އެވެ.

އަދި ކަރަންޓާއި ފެންފަދަ އެއްވެސް ވަސީލަތެއް ނެތްމަންޒަރާއި އިސްރާއީލު ސިފައިން ހަމަލާދީ އޭގެތެރެއިން އަލްޢަވްދާ ހޮސްޕިޓަލްގެ ބޮޑުބައެއް ހަލާކުކޮށްލާފައިވާ މަންޒަރެވެ. ކާބޯތަކެތި ނުލިބިގެން ކަމާލް ޢަދްވާން ހޮސްޕިޓަލުން 10 ކުޑަކުދިން މަރުވެފައިވާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

"އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވެފައިވާ ގާޒާގެ ރައްޔިތުންނަށާއި އަލަށް އުފަންވާ ތުއްތު ކުދިންނަށާއި ވިހާ މައިންނަށާއި މާބަނޑު މީހުންނަށް އިންތިހާއަށް ސިއްހީ ފަރުވާ ބޭނުންވާކަމަށާއި ނަމަވެސް އިސްރާއީލުން ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލައިގެން މެނުވީ ސިއްހީ ފަރުވާގެކަންތައް ކުރިޔަށް ގެންދެވޭނެ މަގެއް ފެންނާކަށް ނެތް" އިސްރާއީލުގެ ސިފައިންގެ މުއައްސަސާއަކީ ނިޒާމީ ލަޝްކަރެއްގެ ބަދަލުގައި ކްރިމިނަލް ގޭންގެއްކަން ސިފަކުރައްވާ ޑަބްލިޔޫއެޗްއޯގެ ވެރިޔާ ޓެޑްރޯސް ވިދާޅުވި އެވެ.

ހަނގުރާމަ ހުއްޓައިލުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ ހިމެނޭހެން އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ގޮވާލި ގޮވައިލުންތަކަށް އިޒްރޭލުން މިހާތަނަށް ދެނީ ބީރު ކަންފަތެކެވެ. އިޒްރޭލުން ބުނީ ހަނގުރާމަ ހުއްޓައިލާނީ ހަމާސްގެ ވަސް އެއްކޮށް ފުހެލުމަށް ފަހު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް