ads
އުރީދޫ މޯލްޑިވްސް އިން މިއެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ގެ މަގާމަށް އައްޔަން ކުރި ޝާޑީ ގަވަސްމީ.
އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯގެ މަގާމަށް ޝާޑީ ގަވަސްމީ
ރާއްޖޭގެ އުރީދޫގެ އާ މެނޭޖިން ޑިރެކްޓަރު، އަދި ސީއީއޯ ކަމަށް ފަލަސްތީނުގެ ޝާދީ ގަވަސްމީ މިއަދު އައްޔަންކޮށްފި އެވެ.
Advertisement

ގަވަސްމީ އަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ އުރީދޫ ގްރޫޕުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2015 ވަނަ އަހަރު އެވެ.

ގަވަސްމީ ވަނީ އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރުއްވައި، އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި އައު ޓެކްނޮލޮޖީތައް ތައާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

އުރީދޫގައި މަސައްކަތްކުރަން ފެށުމުގެ ކުރިން ގަވަސްމީ ވަނީ މެނޭޖްމަންޓް ކޮންސަލްޓިން، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ގިނަ ގުނަ ތަޖުރިބާތަކެއް ހޯދާފަ އެވެ.

އެގޮތުން އެކި މުއައްސަސާތަކަށް ވިޔަފާރި ކުރިއެރުވުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމުގައި ލަފާދިނުމުގެ މައްސައްކަތްތައް ފާހަގަކޮށްލެވެ އެވެ.

ފަރަންސޭސިވިލާތުގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ގަވަސްމީ ވަނީ އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަރސިޓީން މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ.

އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާފައިވާއިރު އުރީދޫ އިން ވަނީ އެ ކުންފުނީގެ ކުރީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު ޙަސަން އެމް އޭ އަލް-ޙަމާދީއަށް ޝުކުރު އަދާކުރައްވާފަ އެވެ. 

އުރީދޫއަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދެމުން އަންނަ ގަތަރުގެ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް