ads
އޭދަފުށި
ގަމު ބަލިކޮށް އޭދަފުށިން ތަށި ނަގައިފި
ޑިފެންޑިން ޗެމްޕިއަން، ލ. ގަން ބަލިކޮށް، ގޯލްޑަން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ބ. އޭދަފުށިން ހޯދައިފިއެވެ.

އޭދަފުށިން ޗެމްޕިއަންކަން ހޯދީ، ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ލ. ގަމު އަތުންން 4-2 އިން މޮޅުވެގެންނެވެ. 

ރޭ ކުޅުނު މެޗު ފަށައިގެން އޭދަފުށިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުން ލީޑުނެގީ އިޝާން އިބްރާހިމް (ސައްޓު) ޖެހި ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން، ގަމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) ގެ މިސްޓޭކަކުން އެޑްވާންޓޭޖު ނަގައި ފާއްޓެ ވަނީ ލަނޑު ޖަހާފައެވެ

ގަމުން ވަނީ އޭދަފުށިން ދެ ވަނަ ގޯލެއް ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލަނޑެއް ޖަހައިފަ އެވެ، މި ލަނޑު ޖެހީ، ގަމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. ދެ ވަނަ ހާފުގައި އޭދަފުށްޓަށް ލިބުނު ހިލޭޖެހުމެއްގައި އަލީ ފާސިރު (ސެންޓޭ) ތިންލަނޑު ޖެހިއެވެ.

ގަމުގެ ދުރު ޕެނަލްޓީ އަކުން ދެވަނަ ލަނޑެއް އަހުމަދު ހަލީމް (އައްމަޑޭ) ޖެހިނަމަވެސް ސެންޓޭ ވަނީ އޭދަފުށްޓަށް ގޯލެއް ޖަހައިދީ ދެ ގޯލުގެ ލީޑުނަގައިދީފަ އެވެ. މެޗު ނިމުނީ އެ ނަތީޖާއިންނެވެ.

ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުހައްމަދު ލަތީފް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް