މިއީ ވަރަށް ފަސޭހައިން ގެންގުޅެވޭ ގޮތަށް އުފައްދާފައިވާ، ހަމުގެ ލަކުނުތަކަށް އާ ހައްލެކެވެ. މީގެ ސަބަބުން ލަކުނުތަކުގެ ކުލަ މަޑުވެ، ހަމުގެ ރަތްކަން ކުޑަވެގެންދާ ކަމަށް މާހިރުން ބުނެއެވެ.
ލަކުނު ފިލުވުމަށް ޑޮކްޓަރުން އެންމެ ގިނައިން އިރުޝާދު ދެނީ ސިލިކޯން ބޭނުންކުރުމަށެވެ. މީގެ ސަބަބުން ހަންގަނޑު ތެތްކޮށް ބަހައްޓައިދީ، އުފުލިފައި ހުންނަ ލަކުނުތައް އޮމާންކޮށްދެއެވެ. މިއީ އޮޕަރޭޝަންތަކުގެ ސަބަބުން ހުންނަ ލަކުނުތަކާއި، އޮށާޅަ ނުވަތަ އެކި ބަލިތަކުގެ ސަބަބުން އުފެދޭ ލަކުނުތައް ފިލުވުމަށްވެސް ބޭނުންކުރެވޭނެ އެއްޗެކެވެ.
ސޯޝަލް މީޑިއާގައި މި ސްޓިކްތައް މަގުބޫލުވެ، މީގެ ބޭނުން ކުރާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއާ ބެހޭ މައުލޫމާތު ހޯދާ މީހުންގެ އަދަދު ވަނީ 29,000 ޕަސަންޓަށް އިތުރުވެފައެވެ. މިއީ މިއަދުގެ ބިޒީ ދިރިއުޅުމުގައި ބޭނުންކުރަން ފަސޭހަ، އަދި ނަތީޖާ ފެންނަ ވަސީލަތެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;