ads
ބީސީސީ އަދި އިކޮނޮމިކް މިނިސްޓްރީން ފުވައްމުލަކުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީން ފުވައްމުލަކަށް ޒިޔާރަތްކޮށްފި
އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ފުވައްމުލަކު ސިޱީ އަށް ޒިޔާރަތްކޮށްފި އެވެ.

އިއްޔެ ކުރި މި ޒިޔާރަތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ބައެއް އިސް ވެރިންނާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ އިސް ވެރިން ވަނީ ފުވައްމުލަކު ސިޓީގައި ތަފާތު ވިޔަފާރި ކުރާ ފަރާތްތަކާއި ފަންނީ އެކި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރައްވާފަ އެވެ.

އަދި އަގު އެއްކުރި ތަކެތި ނުވަތަ ވެލިއުއެޑިޝަންއާއި ގުޅޭގޮތުންވެސް ބައެއް ވިޔަފާރިތަކަށް މައުލޫމާތު ދީފައިވެ އެވެ.

މި ދެ މުވައްސަސާއިން ވަނީ ފުވައްމުލަކު ސިޓީގެ ވިޔަފާރިތަކާއި ބައްދަލުކުރުމުގެ އިތުރުން އެ ސިޓީގެ ކައުންސިލާއި ބައްދަލުކުރައްވައި، ވިޔަފާރިތަކަށް ދިމާވާ ދަތިތައް އޮޅުންފިލުއްވައި ކުރިއަށްއޮތްތަނުގައި ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ.

މި ދެ އިދާރާއިން މާލެއާއި އެކި ރަށްތަކުގައި ކުރިއަށް ގެންދާ މި ބައްދަލުވުންތަކުގެ ބޭނުމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިގުތިސާދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފަންނުވެރިންގެ ފަރާތުން ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް