އެމްއެމްއޭ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ފޮރިން އެކްސްޗޭންޖް ބާޒާރަށް މިހާރު ފޯރުކޮށްދެމުންދާ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ އަދަދު އިތުރުކޮށްފާއި ވާނެ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރާއި ބޭންކްތަކާއި މާލީ އިދާރާތަކާއި ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން އެމްއެމްއޭ އިން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ބޭންކް ތަކުން ލިކުއިޑިޓީ ބޭނުން ޖެހިއްޖެ ހާލަތެއްގައި، އެ އޮތޯރިޓީގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަމެންޓް ފަސް ޕަސެންޓާ ހަމައަށް ދަށް ކުރަން ނިންމާފައި ވާކަމަށް އެމްއެމްއޭ އިން ބުނެއެވެ.
އެމްއެމްއޭއިން އިތުރަށް ބުނީ ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެ ކަމަށާއި މިހާރު ޑޮލަރަށް އޮތް ޑިމާންޑް ކުރިއަށް އޮތްތަނުގައި ދަށްވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި އާއްމު ގޮތެއްގައި ހުންނަނީ ތިން މަސް ދުވަހުގެ އިމްޕޯޓަށްވާ ވަރުގެ ފައިސާ އެވެ.