ads
އިއްޔެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން
އެމްޓީސީސީ އިން އަންހެނުންގެ ދުވަސް ފާހަގަކޮށްފި
އެމްޓީސީސީއިން އަންހެނުންގެ ދުވަސް ފާހަގަކޮށްފި އެވެ

އަންހެނުންގެ ދުވަސް ފާހަގަކުރުމަށްޓަކައި އިއްޔެ ހަވީރު ހުޅުމާލެ ފެރީ ޓަރމިނަލްގެ ބަސް ޕާކިން ސަރަހައްދުގައި ހާއްސަ ހަފްލާއަކާއި މާހެފުމެއް ވަނީ ބޭއްވިފަ އެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަބްދުالله ޒިޔާދު ވަނީ ކުންފުނީގެ މުވައްޒަފުންނަށް އަދި ހާއްސަކޮށް އަންހެން މުވައްޒަފުންނަށް އުފާވެރި ހަބަރުތަކެއް ހާމަކޮށްދެއްވާފައެވެ. އެ ގޮތުން ކުންފުނީގެ މެނޭޖްމަންޓްއިން އަންހެން މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކެއް ދެއްވުމަށް ނިންމެވިކަން ވަނީ ޒިޔާދު އެންގެވި އެވެ.

ޒިޔާދު ވިދާޅުވީ 08 މާރިޗް 2024 އިން ފެށިގެން އެޗްއާރުން ކަނޑައަޅާ ހާއްސަ އުސޫލުތަކެއްގެ ތެރެއިނ،ް މާބަނޑު އަންހެން މުވައްޒަފުން އަދި 1 އަހަރު ނުފުރޭ ދަރިންގެ މައިންނަށް ' ފްލެކްސިބަލް ވާރކް އެރޭންޖްމަންޓް' ހަމަޖެހިގެންދާނެ ކަމަށެވެ. 

ހަމައެހެންމެ މާބަނޑު އަންހެން މުވައްޒަފުން އަދި 2 އަހަރު ނުފުރޭ ދަރިންގެ މައިންނަށް 3 ގަޑިއިރުގެ ބްރޭކެއް ހަމަޖެހިގެން ދާނެކަނެ ކަމަށާއި މިފަދަ އިނާޔަތްތައް ހަމަޖެއްސުމުގެ ބޭނުމަކ،ީ އެމްޓީސީސީއަކީ މާބަނޑު އަންހެން މުވައްޒަފުންނާއި ކުޑަކުދިން ބަލަހައްޓާ އަންހެން މުވައްޒަފުންނަށް ވަޒީފާ އަދާކުރަން ފަސޭހަ މާހައުލަކަށް ހަދައިދިނުންކަމުގައި ޒިޔާދު ފާހަގަކުރެއްވި އެވެ. 

your imageއެމްޓީސީސީއިން އަންހެނުންގެ ދުވަސް ފާހަގަކުރުން - ފޮޓޯ: އެމްޓީސީސީ

އަދ،ި ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 8 ވަނަ ދުވަހު އަންހެނުންގެ ދުވަސް މި ކުންފުނިންވެސް ފާހަގަ ކުރާ އެންމެބޮޑު އެއް ސަބަބަކ،ީ އެކި އެކި މައިދާންތަކުގައ،ި ފިރިހެނުންނާއި ހަމަހަމަ ފުރުސަތުތަކެއް އަންހެނުންނަށްވެސް ހޯދައިދިނުންކަމުށާއި އަންހެން މުވައްޒަފުންނަށް ފުރުސަތުތަށް ފަހިކޮށްދީ ބާރުވެރިކުރުމުގައި އެމްޓީސީސީއަކީ ނަމޫނާ ދައްކަމުން އަންނަ ލާމަސީލު ކުންފުންޏެއްކަމަށާއ،ި 1980 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ތަރައްގީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ހިއްސާ ބޮޑުކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ކުންފުނީގެ ސީނިއާ މެނޭޖްމަންޓުން ފެށިގެން ހުރިހާ ފަންތިއެއްގެ މުވައްޒަފުންނާއި ހަމައަށް ފެންނަ މޫނުތަކުގެތެރޭގައި އަންހެން މުވައްޒަފުން ހިމެނޭކަމީ މިއަދު ފަހުރުވެރިވާ ކަމެއްކަމަށާއ،ި އިދާރީބައިގެ އިތުރުން ޓެކްނިކަލް މުވައްޒަފުންގެ ގޮތުގައިވެސް އަންހެން މުވައްޒަފުން މިއަދު ހަރަކާތްތެރިވަމުން އަންނަ މަންޒަރު ބަލައިގަންނަނީ އުފަލާއެކުކަން" ޒިޔާދު ވިދާޅުވި އެވެ.

އެގޮތުން މިހާރުވެސް ކުންފުނީގައި އަންހެން މުވައްޒަފުން ޕްރޮޖެކްޓް މެނޭޖަރުންނާއ،ި ސައިޓް ސުޕަވައިޒަރުންނާއ،ި ސާވޭއިން އޮފިސަރުންގެ ގޮތުގައި ދަނީ މަސައްކަތްކުރަމުން ކަމަށާއި މީގެ އިތުރުނ،ް ބަސް އެޓެންޑެންޓުންނާއ،ި ބަސް ޑްރައިވަރުންނާއި އަދި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައިވެސް މިއަދު އަންހެން މުވައްޒަފުން ދަނީ މަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް