މި ދަތުރުފުޅުގައި ށ.ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްހާމް އަހުމަދުގެ ކެމްޕޭނު ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.
ރޭގެ ވަގުތެއްގައި ސޯލިހު ވަނީ މާފަންނު ހުޅަނގު ދާއިރާއަށް އެމްޑީޕީން ކުރިމަތިލައްވާ ކެންޑިޑޭޓުކަމުގައި މުހައްމަދު ފަލާހް އަދި ތިމަރަފުށީ ދާއިރާއަށް އެމްޑީޕީން ކުރިމަތި ލައްވާ ކެންޑިޑޭޓު ކަމުގައި ފަތުހު ﷲ ޖަމީލްގެ ކެމްޕޭނު އޮފީސް ހުޅުވާދެއްވާފައި އެވެ.
އިއްޔެ ފަލާހްގެ ކެމްޕޭނު ޖަލްސާ ހުޅުވާ ދެއްވާ ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ ކުރިޔަށް އޮތް މަޖިލީސް އިންތިހާބު ސަރުކާރަށް ލިބިއްޖެނަމަ މިދިޔަ ސަރުކާރުން ރައްޔިތުންނައް ދޫކޮށްފައި ހުރި ގޯތިތައް އަތުލާ ސަރުކާރުން ބޭނުން ބަޔަކަށް އެ ގޯތިތައް ބަހާލާނެ ކަމަށް ށެވެ.
ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް ދަނީ އެކި ރަށްރަށުގައި ބާއްވަމުން އަންނަ ކެމްޕޭނު ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެން މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އިތުރަށް ކިޔާލުމަށް: ދޮގެއްގެ މައްޗަށް ރަނގަޅު ބިނާއެއް ނުކުރެވޭނެ: ޝާހިދު