ads
ހިޔަލަ ފޯރަމްގެ ތެރެއިން
އައްޑޫ ސިޓީގައި "ހިޔަލަ ފޯރަމް" ކުރިއަށް ގެންގޮސްފި
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމާއެކު، ބިޒްނަސް ސެންޓާ ކޯޕަރޭޝަނާއި އެސްޑީއެފްސީން އައްޑޫ ސިޓީގައި "ހިޔަލަ ފޯރަމް" ކުރިއަށް ގެންގޮސްފި އެވެ.

މި ފޯރަމްގައި ވިޔަފާރީގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައިވާ ކަމަށް އެ އިދާރާއިން ނެރުން ނޫސް ބަޔާނުގައިވެ އެވެ 

އަންހެނުން ބާރުވެރި ކުރުވުމުގައި މުޖުތަމަޢުއިން ދިމާވާ އެކި ގޮންޖެހުން އަރައިގަންނާނެ ގޮތާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައިވާ ކަމަށް ވެސް ބީސީސީން ބުނެ އެވެ.

އިއްޔެ އައްޑޫ ސިޓީ ކައުންސިލް ހޯލުގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި، އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ އަދި އެސްޑީއެފްސީން ވަނީ އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ފަންނުވެރިންނާއި ބައްދަލުކޮށް، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިގުތިސާދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފަންނުވެރިންގެ ފަރާތުން ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދާފަކަމަށް އެ ކޯޕަރޭޝަން އިން ބުނެ އެވެ. 

your imageއައްޑޫ ސިޓީގައި "ހިޔަލަ ފޯރަމް" ކުރިއަށް ގެންގޮސްފި

ހިޔަލަ ފޯރަމްގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ބައެއް އިސް ވެރިންނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި އެސްޑީއެފްސީގެ އެންމެ އިސް ވެރިން ބައިވެރިވެފައިވާކަމަށާއި  މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމާއެކުގައި ކަމަށް ބީސީސީން ބުނެ އެވެ.

ބީސީސީއާއި އެސްޑީއެފްސީން ކުރިއަށްގެންދާ ހިޔަލަ ފޯރަމަކީ އަންހެނުން މާލީގޮތުން ބާރުވެރިކުރުވުމަށް ހުރި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ އެކަންކަމަށް އެންމެ އެދެވޭ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް ޓަކައި ކުރިއަށްގެންދާ ސިލްސިލާ ފޯރަމެކެވެ. 

"ހިޔަލަ ފޯރަމް"ގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މާލެ ސިޓީގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް