ads
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ކުންފުނިން ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން މުޅިން އާ އޮފާތަކެއް ތައާރަފްކޮށްފައި - ފޮޓޯ: ދިރާގު
ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން މުޅިން އާ އޮފާތަކެއް ތައާރަފްކޮށްފި!
މި އަހަރުގެ ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް ތަފާތު އިނާމުތައް ލިބޭ ހާއްސަ ޕްރޮމޯޝަންތަކެއް ދިރާގުން އިއުލާނުކޮށްފި އެވެ.
Advertisement

ރޯދަ މަހުގެ ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ބޭނުންކުރެވޭ ހިތްގައިމު ފަސް އޮފާއެއް ތައާރަފްކޮށްފަ އެވެ.

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ތައާރަފްކުރި އާ އޮފާތައް:

  1. ރޯދަ ބޯނަސް
  2. ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓާ
  3. ޝެއާ ޔޯ ހެޕިނެސް
  4. ހިތްތައް ހޯދައިގެން އިނާމު
  5. ދިރާގު އީޒޯން ސަޕްރައިޒް

ރޯދަ ބޯނަސް އަކީ 25 ރުފިޔާއަށް ވުރެ މަތިން ދިރާގު އެޕްއިން ކުރާ ކޮންމެ މުއާމަލާތަކަށްފަހު، ހާއްސަ ގޭމެއް ކުޅެގެން ކަސްޓަމަރުންނަށް ހިލޭ ބޯނަސް ޑޭޓާ ލިބޭ އޮފާއެކެވެ. ޕްރީޕެއިޑް ރީޗާޖު، އެޑްއޮންސް އަދި ބޫސްޓާ ގަންނަ ފަރާތްތަކަށް މި ގޭމު ކުޅެގެން ދުވާލަކު އެއް ފަހަރު ބޯނަސް ޑޭޓާ ހޯދޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓާ އޮފާއިން ކަސްޓަމަރުން ނަގާ ހާއްސަ ބޫސްޓާތަކާއެކު އެއް އަގެއްގައި އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 100 ރުފިޔާއަށް 100 ޖީބީ އާއި 300 ރުފިޔާއަށް 400 ޖީބީ ނެގޭ ހާއްސަ ދެ ޑޭޓާ ބޫސްޓާއެއް ވެސް ދިރާގުން ވަނީ ތައާރަފް ކޮށްފަ އެވެ.

މީގެއިތުރުން ޝެއާ ޔޯ ހެޕިނެސް އޮފާ މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް "ސްކްރެޗް އެންޑް ވިން" ގެ ގޮތުގައި ހިލޭ މިނީ ޑޭޓާ ޕްރައިޒް ލިބޭނެ އެވެ. އަދި އެ އިނާމު ދިރާގު ނެޓްވޯކްގައި ތިބި އެފަރާތްތަކުގެ ރަހުމަތްތެރިންނާއި އާއިލާއަށް ހަދިޔާކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ރޯދަމަހާ ދިމާކޮށް ހިތްތައް ހޯދައިގެން އިނާމުގެ ނަމުގައި ދިރާގުން ތައާރަފްކުރި އޮފާއިން ކަސްޓަމަރުންނަށް ދިރާގު އެޕްއިން ހިތްތަކެއް ހޯދައިގެން ހާއްސަ އިނާމުތަކެއް ރިޑީމް ކުރެވޭނެ އެވެ. އެގޮތުން ހޯދާ ކޮންމެ ހިތަކަށްވެސް ވަކި އަދަދެއްގެ ޕޮއިންޓް ލިބިގެންދާނެ ކަމަށާއި، ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހިތެއް ހޯދޭނެ ކަމަަށް ދިރާގުން ބުނެފައިވެ އެވެ.

ދިރާގުން އަލަށް ތައާރަފްކުރި އީޒޯން ސަޕްރައިޒްއަކީ ދިރާގު އެޕްގައި ވާ އީޒޯން ބެނާއަށް ފިއްތާލައިގެން ކަސްޓަމަރުންނަށް ޝެމަރޫ، ހާޑީ ގޭމްސް، ޑޮކިއުބޭ އަދި ގްރޭންޑް ސްލޭމް ގޭމިން ފަދަ މުނިފޫހިފިލުވުމުގެ އެކި ޕްލެޓްފޯމްތަކުން ހިލޭ ސަބްސްކްރިޕްޝަން ލިބޭ އޮފާއެކެވެ. އަދި ސަބްސްކްރިޕްޝަން ލިބޭ ދުވަހުން ފެށިގެން އެ ހަފްތާގެ މުއްދަތަށް ހިލޭ ބޭނުންކުރެވޭނެ ކަމުގައި ދިރާގުން ބުނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެލީޓް ކްލަބް މެމްބަރުންނަށް އެކި ޕާޓްނާ އައުޓްލެޓްތަކުން ރޯދަ މަހަށް ހާއްސަ އޮފާތަކެއް ލިބޭނެ ކަމުގަ އެވެ. އަދި އެ އޮފާތަކާ ބެހޭ އިތުރު ތަފްސީލް ދިރާގު އެޕް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ދިރާގު ރޯދަ މަހުގެ ކެމްޕޭން ޝިއާރު ކަމުގައިވާ "ހެޔޮ ހިތުން" ބިނާވެފައި ވަނީ މި ބަރަކާތްތެރި މައްސަރުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހިތްހެޔޮ އަމަލުތައް ކުރުމުގެ މައްޗަށް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ އެ ޝިޔާރާ ގުޅިގެން އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑް އެންޖީއޯގެ "ރަމަޟާން އެއިޑް" ކެމްޕޭންގެ ޕާޓްނަރަކަށްވެ، އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ އިފްތާރު ޕެކްތަކެއް ވެސް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ދިރާގުން މިފަހަރު ވެސް ރޯދަ މަހަށް ހާސަކޮށްގެން ގެންދާ ހަރަކާތްތައް ކަމަށްވާ ތަށިބަރި މޫވްމަންޓާއި ދިރާގު ގުޑިފެސްޓް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.

ރޯދަމަހާ ދިމާކޮށް ދިރާގުން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފައިވާއިރު، އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ދިރާގުޕޭ އެޕް އަދި ވެމް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް