ads
ޑްރޯން އެއް
ނ. މާފަރުގައި ޑްރޯން ބޭސްއެއް ހެދުމުގެ މަސައްކަތްފަށައިފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން އަސްކަރީ ޑްރޯން ގެނެސް، އެ ތަކެތި އޮޕަރޭޓް ކުރުމަށް ނ. މާފަރުގައި ޑްރޯން ބޭސްއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
Advertisement

އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަ ނ. މާފަރުގައި ޑްރޯން ބޭސްއެއް އެޅުމުގެ މަސައްކަތަކަށް ބޭނުންވާ ތަކެތި މާލެ އިން އެ ރަށަށް ގެންގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ތަކެއްޗާ އެކު އެ ރަށަށް ދިވެހި ސިފައިންގެ ހާއްސަ ޓީމެއް ވެސް ދިޔަ އެވެ.

ރައީސް ޑރ. މުހަައްމަދު މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން އުފައްދާ އަސްކަރީ އުޅަނދުތައް ބެއްލެވި އެވެ. އަދި، ރާއްޖެ އަށް އަސްކަރީ ޑްރޯން ހޯދުމަށް ތުރުކީގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދި އެވެ.

އެ އެއްބަސްވުމުގެ ތަފުސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް އަސްކަރީ ޑްރޯންތަކެއް މިހާރު ގެނެސް އެ ބޭނުންކުރަން ފެށުމުގެ އަންނަނީ ތައްޔާރީތައް ވަމުންނެވެ.  

ތުރުކީގެ ޑްރޯންތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ހޯދުމަށް ދިވެހި ސިފައިންގެ ހާއްސަ ޓީމެއް މިހާރު ވެސް ވީ އެ ގައުމުގަ އެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯންތަކެއް ގެނައީ ތުރުކީ ކުންފުންޏަކާއެކު ހެދި 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުންނެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން ގާއިމްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ރ. މީދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެއްޓުމުގެ ނިޒާމު މި މަހު ހަމަޖެހި، އެ މަސައްކަތް ފަށާނެ ކަމަށެވެ.

ރައީސް އެ އިޝާރަތް ކުރެއްވީ ޑްރޯން އޮޕަރޭޝަން ފެށުން ކަމަށް ބެލެވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް