ads
އެސްޓީއޯއިން ލުނބޯ އެތެރެކޮށް ބާޒާރަށް ނެރެފި
އެސްޓީއޯއިން ބާޒާރުގައި ލުނބޯގެ އަގުހެޔޮކޮށްފި
އެސްޓީއޯއިން ބާޒާރުގައި ލުނބޯގެ އަގުހެޔޮކޮށްފި އެވެ.

އެސްޓީއޯއިން މިއަދު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެގެން ދިއުމާގުޅިގެން, ރޯދަ މަހަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެގޮތުން މިހާރުވަނީ އެ ކުންފުނިން ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފަވާ ކަމަށެވެ.

ލުނބޯ ވިއްކަން ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް (ރީޓެއިލް), އެސްޓީއޯ ހޯލްސޭލް ސެންޓަރ, އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިންކަމަށް އެ ކުންފުނިން ބުނެ އެވެ. 

ރޯދަ މަހާއި ދިމާކޮށް ބާޒާރުގައި މިވަގުތު ލުނބޯ ކިލޯއެއް އުޅެނީ 65 ރުފިޔާ އިން މަތީގައެވެ. އެސްޓީއޯ އިން މިހާރު ލުނބޯ ކިލޯއެއް ވިއްކަނީ 50 ރުފިޔާ އަށެވެ.

އަދި 25 ކިލޯގެ ލުނބޯ ބަސްތާއެއް ހޯލްސޭލް ކޮށް ވިއްކަން ހަމަޖެހިފައިވަނީ 1175 ރުފިޔާއެވެ. ހޯލްސޭލް ރޭޓުގައި އެސްޓީއޯ އިން 25 ކިލޯ ލުނބޯ ގަތުމުން، ކިލޯއެއް ޖެހެނީ 47 ރުފިޔާ އަށެވެ.

މީގެކުރިން އެސްޓީއޯ އިން ވަނީ ރާއްޖޭގެ ބާޒާރުގައި ފިޔާ އަގު ބޮޑުވެފައި ވަނިކޮށް ރާއްޖެއަށް ފިޔާ ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފަ އެވެ. އެސްޓީއޯ އިން ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 17 ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް