އިދިކޮޅު އެމްޑީޕީ އިން ށ.އަތޮޅަށް ކުރާ ކެމްޕޭނު ދަތުރުގައި މާއުނގޫދޫ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނކުފާނުގެ ސަރުކާރުން މާއުނގޫދޫ އާއި އަތޮޅުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެރަށު ރައްޔިރުން އެދުނު ގޮތަށް ބަނދަރު ބޮޑުކޮށް މަލްޓި ޕާރޕަސް ހޯލު އަދި ގޮނޑުދޮއް ހިމާޔަތްކުރުން އަދި ފެނާ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ރައީސް ސޮލިހު ފާހަގަކުރެއްވި އެވެ.
ރިޔާސީ އިންތިހާބު ތެރޭގައި ރައީސް ޑރ. މުއިއްޒު ވައުދުވީ ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެކަމަށް އަދި އެގްރީމަންޓެއް ކޮށްފައިވާނަމަ އެއެގްރީމަންޓަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ކަމޭހިތާނެކަމަށް ވިދާޅުވެ ދިމާ އިދިކޮޅަށް ރައީސް މުއިއްޒު އަމަލުކުރައްވަމުންދާކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
ސޯލިހު ވިދާޅުވީ ބައެއް ކައުންސިލުތަކާއި ބައްދަލުކުރައްވާ މަޝްރޫއުތައް ހުއްޓުމަކަށް ގެނެސްއޮތީ ކީއްވެތޯ ކައުންސިލްތަކުން ސުވާލު ކުރުމުން ރައީސް މުއިއްޒު ބަޖެޓުގެ ދަތިކަން ހުރިކަމަށް ވިދާޅުވާކަމަށެވެ. ނަމަވެސް ރެކޯޑު އަދަދަކަށް ސިޔާސީ ވަޒީފާ އިތުރު ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.