ads
ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕްއިން އަންހެނުންގެ ހެލްތް ސްކްރީނިންއަށް ޑިސްކައުންޓް ދެނީ
މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން އަންހެނުންގެ ހެލްތް ސްކްރީނިންއަށް ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޓްރީ ޓޮޕްއިން ތައާރަފްކުރި "ވެލް ވުމަން" ޕެކޭޖުން ހެލްތް ސްކްރީންތަކަށް 15 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މި ޕްރޮމޯޝަންގެ މަގްސަދަކީ އަންހެނުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހަދަން ޖެހޭ މުހިންމު ޓެސްޓުތަކެއް ހެޔޮ އަގުގައި ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕެކޭޖްގައި 18 އަހަރާއި 34 އަހަރާ ދެމެދުގެ އުމުރުފުރާއަށް ހާއްސަ ޕެކޭޖަކާއި 35 އަހަރުން މަތީގެ އަންހެނުންނަށް ހާއްސަ ޕެކޭޖެއް ހިމެނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ޕެކޭޖުގެ ދަށުން އެ ދެ އުމުރުފުރާއަށް ވެސް ކްލިނިކަލް އެގްޒާމިނޭޝަން، ރޭޑިއޮލޮޖީ އިންވެސްޓިގޭޝަން، އޯޕީޑީ އާއި ކޮންސަލްޓޭޝަންގެ އިތުރުން ލެބޯޓްރީގެ ހިދުމަތްތައް ވެސް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ އަންހެނުންނަށް ސިއްހީ ދާއިރާގައި ކެރިއާ ބިނާކޮށް ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރާ ތަނެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް