ads
ސައުދީން ހަނދުފެނޭތޯ ބަލަނީ
ސައުދީއަށް ހަނދު ފެނި؛ މާދަމާ ރޯދަ ކަން އިއުލާނު ކޮށްފި
ރޯދަ މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް ފެނުމާއި ގުޅިގެން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަން ސައުދީ ސަރުކާރުން އިއުލާނު ކޮށްފި އެވެ.
Advertisement

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވެގެންދާނީ މާޗް 11 ވާ ހޯމަ ދުވަސް ނުވަތަ މާޗް 12 ވާ އަންގާރަ ދުވަހުކަމަށް ބެލެވޭއިރު ބައެއް ގައުމުތަކުން ވަނީ މާޗް 12 އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް އިއުލާންކޮށްފަ އެވެ.

އަންގާރަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމަށް މިހާތަނަށް އިއުލާންކުރި ގައުމުތަށް:

  • އޮސްޓްރޭލިއާ
  • ބްރޫނޭ
  • މެލޭޝިއާ
  • ސިންގަޕޯ
  • އިންޑޯނޭޝިއާ

ސައުދީން ހަނދު ފެނުނުކަން އިއުލާނު ކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް "ސައުދީގެ ހަރަމައިން" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

ސައުދީގެ ހަރަމައިންއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރަމަޟާން މަހުގެ ހަނދު އެގައުމަށް ފެނުމާއި އެކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ މިމަހުގެ 11 (މާދަމާ) އެވެ.

ތަރާވީސް ނަމާދު ކުރުން މިރޭގެ އިޝާ ނަމާދަށް ފަހު އޮންނާނެ ކަން ވެސް އެ ގައުމުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ހަނދު ސާބިތުކުރުމުގެ ގަރާރު ރާއްޖޭގައި އިއްވާނީ މިރޭ 21:00ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް