ads
ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި މަސް މާރުކޭޓް ---- ފޮޓޯ: އެޗްޑީސީ
ރޯދަ މަހަށް ހާއްސަކޮށް ފޭސް 2 ގައި މަސް މާރުކޭޓެއް ހުޅުވައިފި
މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޑިންގީ ހާބަރު ސަރަހައްދުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަސް މާރުކޭޓެއް ހުޅުވައިފި އެވެ.
Advertisement

އެޗްޑީސީން ބުނީ އެ މަސް މާރުކޭޓަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ތަކެއް ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވި މާރުކޭޓެއް ކަމަށެވެ.

އެޗްޑީސީން ބުނިގޮތުގައި މި މަސްމާރުކޭޓު ހާއްސަކުރެވިފައިވަނީ ފަރުމަސް ބާނާ ފަރާތްތަކަށް ކަމުގަ އެވެ.

ރޯދަ މަހާ ދިމާކޮށް އެޗްޑީސީން ވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއް ވެސް ހުޅުވާފަ އެވެ. އެގޮތުން ރޯދަ މަސް ފެށުމާއި އެކު އެ ލޯކަލް މާރުކޭޓު ހުޅުވައި، ރޯދަ މަހުން ފެށިގެން ދެމަސް ދުވަހުގެ މުއްދަތަކަށް އެތަނުން ހިދުމަތް ދިނުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

ހިޔާ ފްލެޓް 1 އާއި 2 އަދި ވިނަރެސް 9 އާއި 10 ހުންނަ ސަރަހައްދުގައި ހުޅުވި މި މާރުކޭޓުގެ ބޭނުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އާއި ތަރުކާރީގެ އިތުރުން އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ މި ރޯދަ މަހު ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ވީހަވެސް ފަސޭހަވާނެހެން ކަންތައް ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް