ads
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ ބިންގާ އެޅުން - ‏ފޮޓޯ: އެމްޓީސީސީ
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބިނާކުރާ އާ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި، އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒާއި، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބްގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތަކީ މުވައްޒަފުން މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހޯދައިދީ ސްޓާފުންނަށް ޑޭކެއާ ސެންޓަރެއް އަދި ޕާކް ކުރާނެ ޖާގަ ހަމަޖެހިގެންދާނެ އިމާރާތެކެވެ. އޭގެއިތުރުން ލައިބްރަރީ އާއި ތަމްރީނުތަކާއި ހަރަކާތްތަށް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މިއިމާރާތުގައި ހިމެނުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަ ބުރިއަށް ހެދުމަށް ނިންމާފައިވާ އާ އޮފީސް އިމާރާތްކުރާނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

މިހާރު އޮޑިޓް އޮފީސް ހިންގަމުން އަންނަނީ ގާޒީ ބިލްޑިންގަ އެވެ. އެތަނަކީ ގިނަ ދުވަސްތަކެއް ވެފައިވާ ކުރީގެ އިމާރާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް