ads
އެމްޓީސީސީގެ މަހާ ޖައްރާފް
މަހާ ޖައްރާފު މަރާމާތު ކޮށްނިމި ބޭނުންކުރަން ފަށައިފިން: އެމްޓީސީސީ
މަހާ ޖައްރާފު މަރާމާތު ކޮށްނިމި ބޭނުންކުރަން ފަށައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ 20 މަސްދުވަހު ގުރައުންޑްވެފައި އޮތް 'މަހާ ޖައްރާފު' އައު މެނޭޖްމަންޓް ހަވާލުވިތާ 2 މަސް ދުވަސްތެރޭގައި އޮޕަރޭޝަނަށް ގެނެވިއްޖެ ކަމަށެވެ. 

މަހާ ޖައްރާފު މަރާމާތު ކޮށްނިމި އޮޕަރޭޝަން އަށް ގެނުވުނީ މި އަހަރު ޖެނުވަރީ 16 ގައި ކަމަށާއި މަހާ ޖައްރާފު ވަނީ 8 ޖޫން 2022 އިން ފެށިގެން 20 މަސް ދުވަހަށް ގްރައުންޑް ވެފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިކަމުގެ ސަބަބުން ކުންފުނީގެ ބިން ހިއްކުމުގެ ގާބިލިއްޔަތުކަމަށް ވަނީ މި މުއްދަތުގައި ބޮޑުތަނުން އަސަރުކޮށްފައި ކަމަށާއި  ބޭރުން ޑްރެޖަރެއް ބޮޑުއަގުގައި ލީސްކޮށްގެން ގެނެސް ބައެއް ބިން ހިއްކުމުގެ މަސައްކަތްތައްވެސް ވަނީ ކުރަން މަޖުބޫރުވެފައި ވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

 މިކަމުގެ ސަބަބުން ބިން ހިއްކުމުގެ މަޝްރޫއުތަކުން ލިބެން އޮތް ނަފާވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި މަހާ ޖައްރާފު ގްރައުންޑްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅަށް ޝެޑިއުލްކޮށް މެއިންޓެނަންސް ނުކުރެވުމާއި އެފަދަ އަގުބޮޑު އުޅަނދަކަށް ބަލަންޖެހޭ މިންވަރަށް ކުރީ މެނޭޖްމަންޓް އިން ނުބަލާ ފަރުވާކުޑަކޮށްލުމުން ކަމަށް އެމްޓީސީސީން ބުނެ އެވެ. 

އެމްޓީސީސީން ބުނީ މަހާޖައްރާފު ބޭނުން ނުކުރެވި މުޅިއަކު 571 ދުވަސް ހޭދެވެފައިވާއިރ،ު 47 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިންގުމުގެ ހަރަދުގެގޮތުގައި މި މުއްދަތުގައި ވަނީ ކުރަންޖެހިފައި ކަމަށާއި އ އާމްދަނީ ގޮތުގައި 510 މިލިޔަން ރުފިޔާ ގެއްލިފައިވާ ކަމުގައިވެސް މާލީ ހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ. 

ކުންފުނީގެ ޕްރޮޖެކްޓްސް ޑިވިޒަންއަށް ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބައި ބަރޯސާވަނީ ބިންހިއްކައިގެން ލިބޭ އާމްދަނީއަށްވާއިރ،ު މަހާ ޖައްރާފު ފަދަ ބޮޑު ޑްރެޖަރެއް ގްރައުންޑްވެފައި އޮތުމުން މި ކުންފުނީގެ އާމްދަނީއަށްވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފަ. އައު މެނޭޖްމަންޓްއިން މަސައްކަތްކޮށްފައި ވާނީ މަހާ ޖައްރާފު ވީހާވެސް އަވަހަށް އޮޕަރޭޝަންއަށް ގެނައުމަށް. އެގޮތުން ކުރެވުނު މަސައްކަތުން އައު މެނޭޖްމަންޓް ހަވާލުވިތާ 2 މަސްދުވަސް ތެރޭގައި މަހާ ޖައްރާފުވަނީ އޮޕަރޭޝަންއަށް ގެނެވި ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މޮބިލައިޒް ކުރެވިފަ" އެމްޓީސީސީން ބުނެ އެވެ،

މަހާ ޖައްރާފު މިހާރު ދަނީ އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުންކަމަށާއި މިއީ 71 މިލިޔަން ރުފިޔާގެ އަގުހުރި މަޝްރޫއުއެއްކަމަށް އެ ކުންފުނިން ބުނެ އެވެ. މި މަޝްރޫޢުގެ ދަށުން 13.07 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވިގެން ދާނެކަމަށައި އެ ކުންފުނިން ބައެއް ބޮޑެތި ޕްރައިވެޓް ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މަޝްވަރާތައްވެސް ބައެއް ފަރާތަކާއެކު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް