މި ހަރަކާތުގެ ދަށުން މަސްދަޅު ކޭސް ހަމަކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 29 އިން ޑިސެމްބަރު 22 އަށެވެ. ޖުމްލަ 1800 މަސްދަޅު ކޭސް ހަމަވިއިރު، އެއީ އެއް ކޮންޓޭނަރުގެ ތަކެއްޗެވެ.
ފިނި މޫސުމާ ދިމާކޮށް އެ ތަކެތި ސީރިއާއަށް ފޮނުވަން މަސައްކަތް ކުރި ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އެ ކޮންޓެއިނަރު އެގައުމާ ހަމައަށް ގޮސްފައި ވަނީ ފެބްރުއަރީ މަހު އެވެ.
އޭގެ އިތުރުން ސިއްހީ ލިޔުންތައް ހޯދުމަށް ދަތިތައް ދިމާވުމުން ވެސް ލަސްތަކެއް ކުރިމަތިވި ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ބުނެ އެވެ.
އެހެންކަމުން މިހާރު ނިންމާފައި ވަނީ ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް މަސްދަޅު ކޭސްތައް ބެހުމަށެވެ. އެ މަސައްކަތް ކުރަން ހަވާލުވެފައި ވަނީތުރުކީގެ ޖަމިއްޔާއެއް ކަމަށް އިންސާނީ ޔަރްދިމް ވަގުފީ (އައިއެޗްއެޗް) އިންނެވެ.
މިހާރު މަސްދަޅު ކޭސްތައް ގުދަންކޮށްފައި ހުރީ ވެސް އެ ޖަމިއްޔާއިން ތުރުކީގައި ގާއިމްކޮށްފައިވާ ގުދަނެއްގަ އެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ބުނީ ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން މުހިއްމު އެހީ ފޯރުކޮށްދިނުމަށް އިސްކަން ދޭނެ ކަމަށް އެ ކެމްޕޭނުން ބުނެ އެވެ.
ކުރިއަށް އޮތް ރޯދަމަސް ފެށޭނެ ކަމަށް ބެލެވެނީ އޭޕްރިލް 24 ގައެވެ.