ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު އެންމެ އަގު ހުރީ އަނބު ގައެވެ. އެގޮތުން ދިވެހި އަނބު ކިލޯއެއް މިއަދު ލިބެން ހުރީ 200-300 ރުފިޔާއަށެވެ. ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި އަނބު މަދުން ނަމަވެސް ލިބެން ހުރި އިރު، މާލެ ތެރޭގައި ހުރި ތަރުކާރީ އަދި މޭވާ މާރުކޭޓުގެ ގޮޅިތަކުން ވަނީ ދިވެހި އަނބު އެއްކޮށް ހުސްވެފަ އެވެ.
ޕާކިސްތާން އަނބު ކިލޯއެއްގެ އަގު ހުރީ 150-250 ރުފިޔާގައި އެވެ.
މާލޭ ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައިވާ ބޭރު އަނބު - ފޮޓޯ: ސީއެންއެމް
މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތައް ބުނާގޮތުން މިދުވަސްކޮޅު ދިވެހި އަނބުގެ އަގު އުފުލެނީ މާލެ އެތެރެކުރާ އަނބު މަދުކަމުންނެވެ.
މިއަދު ކަރާ ކިލޯއެއް އުޅެނީ 20 ރުފިޔާ އަދި 30 ރުފިޔާއާއި ދޭތެރޭގައެވެ. ވިޔަފާރިވެރިން ބުނާގޮތުގައި މި ރޯދަ މަހު ކަރަލުގެ އަގު މާ ބޮޑުވެގެން ދާނެ ކަމަކަށް ނުބެލެވެ އެވެ.
ބާޒާރުން ވިއްކާ އެހެނިހެން ބާވަތްތަކަށް ބަލާއިރު ފަތްޕިލާވެލީގެ ބާވަތްތަކާއި ތަރުކާރީގެ ބާވަތްތަކުގެ އަގު މިހާރު ހެޔޮކަމަށް ފާހަގަވެ އެވެ. ވިޔަފާރިވެރިން ބުނީ ރޯދަމަސް ނިމެންދެން ވެސް މިބާވަތްތަކުގެ އަގުތަކަށް މާބޮޑު ބަދަލެއް ނާންނާނެކަމަށެވެ.
މާރުކޭޓްގައި ތަކެތި ވިއްކަން ބަހައްޓާފައި - ފޮޓޯ: ސީއެންއެމް
ކޮންމެ އަހަރެއްގެވެސް ރޯދަމަހު އެންމެ އަގު އުފުލޭ އެއް ބާވަތަކީ "ކަނޑޫދޫ" މިރުހެވެ. މިއަހަރުވެސް މިރުހުގެ އަގު މިވަނީ އުފުލިފަ އެވެ. އެގޮތުން މިއަދު ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއް ހުރީ 1000ގ މިރުސް 700 ރުފިޔާއަށެވެ.
އަދި ބައެއް ގޮޅިތަކުން 650 ރުފިޔާއަށް މިރުސް ކިލޯއެއް ވިއްކަމުންދާކަން ފާހަގަކުރެވެ އެވެ. މިރުހުގެ އަގު އުފުލިފައިވީ ނަމަވެސް މިރުހުގެ ޑިމާންޑު ބޮޑުކަން ތަކެތި ވިއްކާ ފަރާތްތަކުން ހާމަކުރެ އެވެ.
މާރުކޭޓްގައި މިރުސް ވިއްކަން ބަހައްޓާފައި - ފޮޓޯ: ސީއެންއެމް
"ރޯދަ ބާޒާރު"ގެ އިތުރު އަގުތައް: