ads
އީސީ
އީސީގެ މެމްބަރުކަން ދެ ދައުރު އަދާކުރުމުން އިނާޔަތާ އެކު ރިޓަޔާވެވޭގޮތް ހަދަނީ
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަން ދެ ދައުރު އަދާކޮށްފައިވާ ނަމަ އިނާޔަތާއި އެކު ރިޓަޔާވެވޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މިިދިޔަ މަހުގެ 28 ގައި އީސީން ނެރެން ގަވާއިދުގައި ވަނީ އެ ކޮމިޝަންގެ މުވައްޒަފުން އަދި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލު ކަނޑައަޅައިފަ އެވެ.

ކޮމިޝަންގެ މެމްބަރަކަށް 40،000ރ. ލިބިވަޑައިގަންނަވަ އެވެ. ރައީސާއި ނައިބު ރައީސަށް އިނާޔަތްތަކާއެކު އެއަށްވުރެ އިތުރަށް ލިބިވަޑައިގަންނަވާނެ އެވެ.

އެ އުސޫލުގައިވާ ގޮތުން، ރިޓަޔާކުރުމުގެ ދަރަޖައާ އެކު، ވަޒީފާ އިން ވަކިކުރެވޭނީ، އުމުރުން 55 އަހަރު ފުރި، އީސީ އަށް މަދުވެގެން 15 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ އެވެ.

ކޮމިޝަންގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އީސީގެ ކޮމިޝަނަރަކަށް އައްޔަން ކޮށްފި ނަމަ، ރިޓަޔާކުރާއިރު ހިދުމަތުގެ މުއްދަތު ބަލާނީ އެ އަހަރުތައް ވެސް ހިމަނައިގެންނެވެ.

ނަމަވެސް، ކޮމިޝަންގެ މެމްބަރަކު ރިޓަޔާވާއިރު އުމުރުން 55 އަހަރުވާކަށް ނުޖެހޭނެ އެވެ. އެ ކޮމިޝަނަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ނަމަ، މުޅި އުމުރަށް ލިބޭ އިނާޔަތްތަކާ އެކު ރިޓަޔާ ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ. 

އެ އުސޫލުގެ ދަށުން ރިޓަޔާ ކުރާއިރު، އެއްފަހަރާ ގަނޑުކޮށް ދޭ ފައިސާ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތްކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށް ވާ ފައިސާ އެއްފަހަރާ އެ މީހަކަށް ލިބޭނެ ކަމަށާއި  މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމަންޓު ޕޭގެ ގޮތުގައި ދެވޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

މި ބަދަލުގެ ދަށުން ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންނަށް މިހާރު ވެސް ރިޓަޔާކުރެވޭނެ އެވެ. އެއީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ނައިބު ރައީސް އިސްމާއިލް ހަބީބު، މެމްބަރު މުހައްމަދު އާސިފް، މެމްބަރު އަލީ ނަޝާތު

އީސީގައި ކުރިން ވެސް މަސައްކަތް ކުރައްވައި އަދި ކޮމިޝަންގެ މެމްބަރުކަން 10 އަހަރު ކުރެއްވުމަށް ފަހު، ހަބީބްގެ ދައުރު މާދަމާ ހަމަވާނެ އެވެ. ގާނޫނު ބުނާގޮތުން، އީސީގެ މެމްބަރުކަން ކުރެވޭނީ ގިނަ ވެގެން ދެ ދައުރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް