ads
މެންބަރު އިސްމާއިލް އަހްމަދު
މެންބަރު އިސްމާއީލްގެ މައްޗަށް ބޮޑު ހުކުމެއް
ދުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިސްމާއީލް އަހުމަދު، މީހަކަށް މިލިއަނެއްހާ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލްގެ ކުންފުންޏަކުން ހަވާލުވި އުމްރާނީ މަސައްކަތެއް ސަބް ކޮންޓްރެކްޓް ކުރި މީހަކަށއަށް ލައްކަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރީ، އިސްމާއީލްގެ ގައިރު ހާޒިރުގައެވެ.

މިއީ، އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގެ ދަށުން މެންބަރު އިސްމާއީލް އަހުމަދަށް ހަވާލުކުރި މަސައްކަތަކީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސް ރޫމުގެ މަސައްކަތެވެ. އެ މަސައްކަތް ސަބް ކޮންޓްރެކްޓްކުރި މީހާ، ހުށަހެޅި މައްސަލާގައި ބުނާ ގޮތުން އެ މީހާގެ އަމިއްލަ ތަކެތީގައި ކޮށްފައިވާ މަސައްކަތާއި އެ ތަކެތީގެ އަގު 1،281،830 ރ. އަރަ އެވެ. އެއިން މެންބަރު އިސްމާއީލް އަދި ދައްކަވާފައިވަނީ 425،000ރ. ކަމަށް މައްސަލާގައިވެ އެވެ.

ކޯޓުގައި އެދިފައިވަނީ ބާކީ 856،830ރ. ދެއްކުމަށް މެންބަރު އިސްމާއީލްގެ މައްޗަށް ކޯޓުން ހުކުމްކޮށްދިނުމަށެވެ.

ފައިސާ ތަކެއް ދެއްކުމަށް ދުވާފަރު ދާއިރާގެ މެންބަރުގެ ގޮތުގައި މިހާރުވެސް ހުންނެވި އިސްމާއީލްގެ މައްޗަށް ހުކުމެއް ކޮށްފައި މިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި އޭނާ ދުވާފަރު ދާއިރާއަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް