ads
އިސްމާއިލް
ހުކުމް ބާތިލްކޮށްދޭން އިސްމާއިލް އެދިވަޑައިގެންފި
ދުވާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިސްމާއިލް އަހުމަދު މީހަކަށް މިލިއަނެއްހާ ރުފިޔާ ދައްކަން ކުރި ހުކުމް ބާތިލް ކޮށްދޭން އޭނާގެ ފަރާތުން ކޯޓަށް ހުށައަޅައިޕި އެވެ.

އޭނާގެ މައްޗަށް ސާބިތުވީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އިމާރާތްކުރުމުގެ މަސައްކަތް އޭނާގެ ކުންފުންޏަކުން ނަގައި، އެ މަސައްކަތް ހަވާލުކުރި ސަބް-ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން އަރާފައިވާ ދަރަންޏެވެ. އެއީ 856،830 ރުފިޔާ އެވެ. އެ މައްސަލައިގައި އިސްމާއިލްގެ މައްޗަށް ގައިރު ހާޒިރުގައި ހުކުމް ކުރީ މިދިޔަ މަހު ފަހުކޮޅުއެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިވިލް ކޯޓުން އޭނާގެ މައްޗަށް ދަރަނި ސާބިތުވާ ކަމަށް ޣައިރު ހާޒިރުގައި ކުރި ހުކުމްގައި ވަނީ މޫސާ ހަލީލަށް ދޭން ޖެހޭ 856،830 ރުފިޔާ 15 ދުވަސް ތެރޭ ދައްކާ ހަލާސް ކުރުމަށެވެ.

އިސްމާއިލްގެ ކުންފުންޏާ އެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރީ 2018 ވަނަ އަހަރު އެވެ. މަސައްކަތް ސަބް-ކޮންޓްރެކްޓްކުރީ މޫސާ ހަލީލް ކިޔާ މީހަކަށެވެ. މޫސާ ހަލީލް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ އޭނާ އަމިއްލަ ތަކެތީގައި ކުރި މަސައްކަތާއި އަގަށް އިސްމާއިލް 1.2 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން އިސްމާއީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މަޝްރޫއުގައި ދޭން ޖެހޭ ފައިސާތަކެއް ކަމަށް ބުނެ މީގެ ކުރިން ވެސް މި މައްސަލަ ކޯޓަށް ހުށަހެޅި ކަމަށާއި 2020 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ނިންމާފައިވަނީ މޫސާ ހަލީލަށް ދޭން ޖެހޭ ފައިސާއެއް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް