މީގެ ކުރިން ދުވާލުގެ ވަގުތުގައި ވެސް ހިލޭ ކާޑު ދޫކުރުން ކުރިއަށްގެންދިޔަ ނަމަވެސް، އެ ކައުންސިލުން ބުނީ ކާޑުގެ ބާވަތްތައް ދެން ދޫކުރާނީ ރޭގަނޑު 09:00ން 12:00ށް ކަމަށެވެ.
ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ދޫކުރަން ފެށީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުއެވެ.
މާލޭގައި ދިރިއުޅޭ ފަރާތްތަކުން ހިލޭ ކާޑު ބަލައި ދާއިރު، އެމީހެއްގެ އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ލައިސެންސް ކާޑު ގެންދަން ޖެހޭނެ އެވެ. ކާޑު ދޫކުރުމުގައި ބަލާނީ ކޮންމެ ގޭބިސީއެއްގެ ވެސް ކަރަންޓު މީޓަރު ނަންބަރަށެވެ.